Ads by Farudhun

ޚަބަރު

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުމާލެއަށް

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުމާލެއަށް

ހުޅުމާލެ ފޭސް 2 އަކަށް ވާރޭ ވެހެނީ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 ޖުލައި 2026، 11:02

31 ޖުލައި 2026، 11:02

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހިފައިވާއިރު، އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ހުޅުމާލެއަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.

 މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެފައިވާ ދުވަސްވަރަކަށް ވާއިރު، ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް މޫސުން ގޯސްވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހުޅުމާލެއަށް 84.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މިއީ މުޅި ރާއްޖެއިންވެސް އެންމެ ގިނައިން ވާރޭ ވެހުނު ސަރަހައްދެވެ.

ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ ބ. ދަރަވަންދޫއަށެވެ. އެ ރަށަށް 83.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ސ. ހިތަދޫއަށެވެ. އެއީ 70.6 މިލިމީޓަރުގެ ވާރޭއެވެ. މީގެ އިތުރުން، އެންމެ މަދުން ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ ހދ. ކުޅުދުއްފުއްޓަށެވެ. އެ ރަށަށް ވެހިފައިވަނީ 6.6 މިލިމީޓަރުގެ ވާރޭއެވެ.

މެޓް އޮފީހުން ވިދާޅުވި ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ "ލޯ ޕްރެޝަރ ޓަރަފް" އެއްގެ ސަބަބުން، ހުޅަނގު ފަރާތުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުންދާކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

މޫސުން ގޯސްވުމާ ގުޅިގެން ކަނޑުދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. ހަމައެއާއެކު، ވައިގަދަވުމުގެ ސަބަބުން ސިނަމާލެ ބްރިޖް އަދި ހައިވޭގައި އުޅަނދު ދުއްވާ ފަރާތްތަކުންވެސް ސަމާލުވުމަށާއި، ބާރު ސްޕީޑްގައި އުޅަނދުތައް ނުދުއްވުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450