Ads by Farudhun

ޚަބަރު

ފާމަސިސްޓުންގެ ގޮތުގައި ތަމްރީނުވާ ދިވެހިންގެ އަދަދު މަދުކަމުގެ ކަންބޮޑުވުން ސްޓޭޓްފާމާއިން ފާޅުކޮށްފި

ފާމަސިސްޓުންގެ ގޮތުގައި ތަމްރީނުވާ ދިވެހިންގެ އަދަދު މަދުކަމުގެ ކަންބޮޑުވުން ސްޓޭޓްފާމާއިން ފާޅުކޮށްފި

ސްޓޭޓްފާމާގެ ބޭސްފިހާރައެއް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

28 ޖުލައި 2026، 11:39

28 ޖުލައި 2026، 11:39

ރާއްޖެއަށް ބޭނުންވާ މިންވަރަށް ފާމަސިސްޓުންގެ ގޮތުގައި ތަމްރީނުވާ ދިވެހިންގެ އަދަދު މަދުކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ސްޓޭޓްފާމާއިން ފާޅުކޮށްފިއެވެ.

ސްޓޭޓްފާމާއިން މައުލޫމާތު ދޭ ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެ ކުންފުނީގެ ފާމަސީތަކަށް ބޭނުންވާ ފާމަސިސްޓުން ހޯދުމަށް ގިނަ އިއުލާނުތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ނިމިދިޔަ މަހު އެކަނިވެސް 30 އަށް ވުރެ ގިނަ ފާމަސިސްޓުން ހޯދުމަށް އިއުލާނުކޮށްފައިވާ އިރު، މި ދާއިރާއިން ތަމްރީނު ލިބިފައިވާ ދިވެހިން ހޯދުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސްޓޭޓްފާމާއިން ވަނީ ދާދިފަހުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމް.އެން.ޔޫ) ގެ ފެކަލްޓީ އޮފް ހެލްތު ސައިންސްގެ އިސް ބޭފުޅުންނާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި، ފާމަސީ ދާއިރާއިން ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.

މީގެ އިތުރުން، މި ދާއިރާއިން ކިޔަވައި ނިމިގެން ވަޒީފާގެ މާހައުލަށް ނުކުންނަ ފަރާތްތަކަށް ސްޓޭޓްފާމާގެ ތެރެއިން ފުރުސަތުތައް ހުޅުވާލުމަށްޓަކައި ޔުނިވަސިޓީއާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

ސްޓޭޓްފާމާއިން އިތުރަށް ބުނީ، މިހާރު މި ދާއިރާގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށްޓަކައި "ރިފްރެޝަރ ކޯސް" ތަކެއް ހިންގުމަށްވެސް މިހާރު ނިންމާފައިވާ ކަމަށެވެ.

އަދި ދިވެހި ޒުވާނުންނަށް އަބަދުވެސް ކުންފުނީގެ ދޮރުތައް ހުންނާނީ ހުޅުވިފައިކަމަށް ސްޓޭޓްފާމާއިން ބުނެފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450