ކުޅިވަރު

ސްޕެއިންގެ ކޮންމެ ކުޅުންތެރިއަކަށް ނުވަލައްކައަށްވުރެ ގިނަ ޑޮލަރުގެ ބޯނަހެއް ދެނީ

ސްޕެއިންގެ ކޮންމެ ކުޅުންތެރިއަކަށް ނުވަލައްކައަށްވުރެ ގިނަ ޑޮލަރުގެ ބޯނަހެއް ދެނީ

ސްޕެއިންއިން ވޯލްޑް ކަޕް ތަށި އުފުލާލުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

27 ޖުލައި 2026، 09:00

27 ޖުލައި 2026، 09:00

ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުމާ ގުޅިގެން، ސްޕެއިންގެ ގައުމީ ޓީމުގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކަށް ބޯނަހުގެ ގޮތުގައި ގާތްގަނޑަކަށް ނުވަލައްކަ ފަންސާސް ހާހަށްވުރެ ގިނަ ޑޮލަރު ދިނުމަށް ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުން ނިންމައިފިއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މުބާރާތް ކާމިޔާބުކުރުމުން، އިނާމު ފައިސާގެ ގޮތުގައި ސްޕެއިނަށް ވަނީ 50 މިލިއަން ޑޮލަރު ލިބިފައެވެ. ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ނިންމާފައިވަނީ މީގެ ތެރެއިން 45 އިންސައްތަ ކުޅުންތެރިންނަށް ބެހުމަށެވެ. އެއީ ޖުމްލަ 25.9 މިލިއަން ޑޮލަރެވެ.

މި ނިންމުމާއެކު، ސްޕެއިން ޓީމުގައި ހިމެނޭ 26 ކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިއަކަށް 995,000 ޑޮލަރު ލިބޭނެއެވެ. އަދި ކުޅުންތެރިންގެ އިތުރުން ޓީމުގެ އޮފިޝަލުންނަށްވެސް މި މިންވަރަށް ބޯނަސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ސްޕެއިންގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، ސްޕޮންސަރުންނާއި އެހެނިހެން ވިޔަފާރީގެ މުއާމަލާތްތަކުން ފެޑަރޭޝަނަށް ލިބުނު ފައިސާއިންވެސް ކުޅުންތެރިންނާއި އޮފިޝަލުންނަށް އިތުރު ބޯނަސް ދިނުމަށް ވަނީ ރޭވިފައެވެ. މި އިތުރު ފައިސާއާއެކު ކޮންމެ މީހަކަށް ލިބޭ ބޯނަސްގެ ޖުމްލަ އެއް މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންއިން ވޯލްޑް ކަޕްގެ ތަށި އުފުލާލީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ 1-0 އިން ބަލިކޮށްގެންނެވެ. މިއީ ސްޕެއިންއިން ވޯލްޑް ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އެ ގައުމުން އެންމެ ފުރަތަމަ މި ތަށި ހޯދާފައިވަނީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި މުބާރާތުގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450