Ads by Farudhun

ޚަބަރު

ޕީއެންސީގެ ދާއިރާތަކުގެ ރައީސުންނާ ޕާޓީގެ ލީޑަރޝިޕުން ބައްދަލުކުރައްވައިފި

ޕީއެންސީގެ ދާއިރާތަކުގެ ރައީސުންނާ ޕާޓީގެ ލީޑަރޝިޕުން ބައްދަލުކުރައްވައިފި

ޕީއެންސީގެ ދާއިރާތަކުގެ ރައީސުންނާއި ޕާޓީގެ ލީޑަރޝިޕުން ބައްދަލުކުރުން. ފޮޓޯ: ޕީއެންސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޖުލައި 2026، 02:52

01 ޖުލައި 2026، 02:52

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ ރައީސުންނާ އެ ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމަކީ ޕާޓީގެ ކުރިމަގުގެ ހަރަކާތްތައް ރޭވުމަށާއި، ދާއިރާތަކުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ރާއްޖޭގެ އެކި ދާއިރާތަކުގައި ޕާޓީގެ ހަރަކާތްތައް މިހާރަށްވުރެ ބޮޑަށް ފުޅާކޮށް، ރައްޔިތުންނާ ގާތުން މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުންނެވެ. ޕާޓީގެ ވަރުގަދަކުރުމަށްޓަކައި ދާއިރާތަކުގެ ރައީސުންގެ ދައުރު ފާހަގަކޮށް، ލީޑަރޝިޕުން ވަނީ އިރުޝާދުތައް ދެއްވާފައެވެ.

މީގެ އިތުރުން، ކުރިއަށް އޮތް 11 ޖުލައި 2026 ގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ޕާޓީގެ ދާއިރާ އިންތިޚާބާއި ސްޓިއަރިންގް ކޮމިޓީތަކުގެ އިންތިޚާބާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މި އިންތިޚާބަކީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޕީއެންސީން ދެކެއެވެ.

ބައްދަލުވުން ނިންމާލާފައިވަނީ ޕާޓީގެ ހަރަކާތްތައް ހުރިހާ ރަށެއްގައިވެސް ހަކަތައާއެކު ކުރިއަށް ގެންދިއުމަށް ދާއިރާތަކުގެ ރައީސުންނާއެކު އެއްބަސްވެވަޑައިގަންނަވަމުންނެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450