ޚަބަރު
ރ. ހުޅުދުއްފާރުގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް ޕެނަލް ބޯޑު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފި
ޕެނަލް ބޯޑު އަޕްގްރޭޑް ކުރުމުގެ މަސައްކަތް. ފޮޓޯ: ފެނަކަ
ރ. ހުޅުދުއްފާރުގެ ކަރަންޓުގެ ޚިދުމަތް ތަރައްޤީކޮށް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ ރަށު ފެނަކަ ބްރާންޗުގެ ޕެނަލް ބޯޑު އަޕްގްރޭޑް ކުރުމުގެ އަމަލީ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.
މި މަޝްރޫޢަކީ ރަށުގެ ކަރަންޓު ނެޓްވޯކްގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް މެދުކެނޑުމެއްނެތި އިތުބާރުހުރި އަދި ރައްކާތެރި ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން އިންޖީނުގޭގެ މައި ޕެނަލް ބޯޑަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ޕެނަލް ބޯޑަށް ގެނެވޭ މި ބަދަލާއެކު، އިންޖީނުގެއިން އުފައްދާ ހަކަތަ މެނޭޖްކުރުމަށާއި، ކަރަންޓު ބެހުމުގެ ނިޒާމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ. މީގެ އިތުރުން، މި އަޕްގްރޭޑްގެ ސަބަބުން ކަރަންޓުގެ ޚިދުމަތަށް ދިމާވާ ފަންނީ މައްސަލަތައް މަދުވެ، ނެޓްވޯކްގެ ރައްކާތެރިކަން އިތުރުވެގެންދާނެއެވެ.
ރ. ހުޅުދުއްފާރުގެ ކަރަންޓުގެ ޚިދުމަތް ތަރައްޤީކޮށް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ ރަށު ފެނަކަ ބްރާންޗުގެ ޕެނަލް ބޯޑު އަޕްގްރޭޑް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢަކީ ރަށުގެ ކަރަންޓު ނެޓްވޯކްގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް މެދުކެނޑުމެއްނެތި އިތުބާރުހުރި… pic.twitter.com/rvhDCEO53n
— Fenaka Corporation Ltd (@TeamFenaka) June 29, 2026
މި މަސައްކަތް ފުރިހަމަވުމުން، ހުޅުދުއްފާރުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރަށް ބޮޑު ކުރިއެރުމެއް އައިސް، ދެމެހެއްޓެނިވި ގޮތެއްގައި ރަށުގެ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ބޮޑަށް މަގުފަހިވެގެންދާނެއެވެ. މިއީ އެ ރަށުގެ ހަކަތައިގެ ބޭނުންތަކަށް އޮތް ދާއިމީ ޙައްލެއް ހޯދުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ.