ދުނިޔެ

ޣައްޒާ އެއިޑް ފްލޮޓިލާގެ ހަތަރު އެކްޓިވިސްޓަކު ދޫކޮށްލައިފި

ޣައްޒާ އެއިޑް ފްލޮޓިލާގެ ހަތަރު އެކްޓިވިސްޓަކު ދޫކޮށްލައިފި

އިސްރާއީލުން ޣައްޒާއަށް އެހީ ގެންދިޔަ ބޯޓުތައް ހިސާރުކުރުމުން މުޒާހަރާ ކުރި ބައެއް. ފޮޓޯ: އޭޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޖޫން 2026، 04:29

24 ޖޫން 2026، 04:29

ފަލަސްތީނުގެ ޣައްޒާއަށް އެހީ ހިފައިގެން ދިޔުމަށް މަސައްކަތް ކުރަނިކޮށް ލީބިޔާގައި ހައްޔަރުކުރި ހަތަރު އެކްޓިވިސްޓަކު އެއް މަސް ދުވަހަށްފަހު މިނިވަންކޮށްފި ކަމަށް 'ގްލޯބަލް ސުމޫދު ފްލޮޓިލާ' ގްރޫޕުން ބުނެފިއެވެ.

މިނިވަންކުރި މީހުންގެ ތެރޭގައި ހިމެނެނީ ތޫނިސްގެ އަޝްރަފް ޚޯޖާ އާއި، އުރުގުއޭގެ މަތިއަސް ރޮޑްރިގޭޒްގެ އިތުރުން އިޓަލީގެ ދެ ރައްޔިތުން ކަމަށްވާ ޑޮމެނިކޯ ސެންޓްރޯން އަދި ލިއޮނާޑާ އަލްބެރީޒިއާއެވެ.

މި އެކްޓިވިސްޓުން މިހާރު ތޫނިސްގެ ވެރިރަށަށް ގޮސްފައިވާ ކަމަށާއި، ބާކީ ތިބި ހަ މީހުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މިނިވަންވާނެ ކަމަށް ބެލެވޭ ކަމަށް އެ ޖަމާއަތުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ތަޖާނީ ވަނީ އިޓަލީގެ ރައްޔިތުން މިނިވަންވުމާ ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި މީހުން ބެންގާޒީގައި ހުންނަ އިޓަލީގެ ކޮންސުލްއާ ހަވާލުކޮށްފައިވާ ކަމަށާއި، އެމީހުން ބުދަ ދުވަހު އިޓަލީއަށް އެނބުރި ދާނެއެވެ.

މި އެކްޓިވިސްޓުންނަކީ އިސްރާއީލުން ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި އެއްގަމު މަގުން ޣައްޒާއަށް ދިއުމަށް މަސައްކަތްކުރި ބައެކެވެ. އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނި ގޮތުގައި، މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ލީބިޔާގެ އިރުމައްޗާއި ދެކުނުގެ ބާރުތަކާ ގުޅިފައިވާ ހަތިޔާރު އެޅި ގްރޫޕަކުން މި މީހުން ހައްޔަރުކުރީ ސިރުތޭ ސިޓީއަށް ދަތުރުކުރަނިކޮށެވެ. އެމީހުން އެ ސިޓީއަށް ދިޔައީ ލީބިޔާ އާއި މިސްރު ހުރަސްކޮށް ގާޒާއަށް ދިއުމުގެ ހުއްދަ ހޯދުމަށް މަޝްވަރާ ކުރުމަށެވެ.

އެމްނެސްޓީން އިތުރަށް ހާމަކުރި ގޮތުގައި، މި އެކްޓިވިސްޓުން ހައްޔަރުކުރުމަށްފަހު ދެ ދުވަހާއި ނުވަ ދުވަހާ ދެމެދުގެ މުއްދަތަކަށް 'ވަގަށް ނަގައިގެން' ގެންގުޅެފައިވެއެވެ. އޭގެ ފަހުން ޕްރޮސެކިއުޓަރުން އެމީހުންނާ ސުވާލުކޮށް، 'ހުއްދަނެތި އެއްވުން' ބޭއްވި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކުރިއެވެ. ބަންދުގައި ތިބި މުއްދަތުގައި އެމީހުން ވަނީ އިހުތިޖާޖުގެ ގޮތުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްވެސް ކޮށްފައެވެ.

މިދިޔަ މަހު ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުންވެސް ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރި އެތައް އުޅަނދަކުން 400 އަށްވުރެ ގިނަ އެކްޓިވިސްޓުން ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ލީބިޔާގައި ހައްޔަރުކުރި މި ގްރޫޕަކީ ވަކިން އެއްގަމު މަގުން ގާޒާއަށް ވަނުމަށް މަސައްކަތްކުރި 8 ގައުމަކަށް ނިސްބަތްވާ 10 އިންސާނީ އެހީތެރިންގެ ޓީމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450