Ads by Farudhun

ޚަބަރު

"މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލް" ގެ އިބްތިދާއީ ބަހުސް މަޖިލީހުގައި ފަށައިފި

"މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލް" ގެ އިބްތިދާއީ ބަހުސް މަޖިލީހުގައި ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ޖޫން 2026، 12:03

22 ޖޫން 2026، 12:03

ދައުލަތުގެ އިދާރާތަކުން ދޭ ގިނަ ހިދުމަތްތައް ޑިޖިޓަލްކޮށް، އެ ހުރިހާ ހިދުމަތެއް އެއް ޕޯޓަލްއަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަން ލާޒިމުކުރާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލް" ގެ އިބްތިދާއީ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ހުށަހެޅުއްވި މި ބިލަކީ ރާއްޖޭގެ ހިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީއަށް ބަދަލުކުރުމަށް ހުށަހެޅި މުހިންމު ބިލެކެވެ.

މި ބިލުގައިވާ ގޮތުން "މޯލްޑިވްސް 2.0" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ހިންގަން ޖެހޭނެއެވެ. މި ޕްރޮގްރާމުގެ ދަށުން ދައުލަތުގެ ހުރިހާ އިދާރާތަކަކުން ދޭ ހިދުމަތްތައް އެއް ޕްލެޓްފޯމަކުން ލިބޭނެ "ސިޓިޒަން ޕޯޓަލް" އެއް ގާއިމްކުރަން ޖެހެއެވެ. މި ޕޯޓަލް މެދުވެރިކޮށް ލޯކަލް ކައުންސިލްތަކުގެ ހިދުމަތްތައް ހިމެނޭހެން ހުރިހާ މުއައްސަސާއެއްގެ ހިދުމަތް ލިބިދޭން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވީ، "މި ބިލާއެކުގައި ރާއްޖޭގައި ކޮންމެ ބަޔަކު ވެރިކަމުގައި ތިބިނަމަވެސް ކޮރަޕްޝަނާއި ވައްކަމަށް މީގެ ކުރިން ހުޅުވައިފައި ހުރި ދޮރުތައް ބަންދުވާނެ،" ކަމަށެވެ. އަދި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢިލް ނިޒާރު ފާހަގަކުރެއްވި ގޮތުގައި މިއީ ރާއްޖެ "ޑިޖިޓަލް ފަސްޓް" ގައުމަކަށް ހެދުމަށް ކުރާ ދަތުރަށް ލިބޭ ގާނޫނީ ބާރުވެރިކަމެކެވެ.

ޕޯޓަލްގެ ފަސޭހަކަމާއި ޑިޖިޓަލް އައިޑެންޓިޓީ
ސިޓިޒަން ޕޯޓަލް ގާއިމްކުރަން ޖެހޭނީ ޑިޖިޓަލް އައިޑެންޓިޓީ ބޭނުންކޮށްގެން އިތުބާރު ހުރި ގޮތަކަށް މުއާމަލާތް ކުރެވޭނެ ނިޒާމެއްގެ ތެރެއިންނެވެ. މި ޕޯޓަލްއަކީ ދިވެހިބަހުން ބޭނުންކުރެވޭ، އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ފަދަ އެޕްލިކޭޝަނަކަށް ވާންޖެހޭނެ ކަމަށް ބިލުގައި ލާޒިމްކުރެއެވެ.

މި މަސައްކަތްތައް ވިލަރެސްކުރުމަށް "މޯލްޑިވްސް ޑިޖިޓަލް ސާވިސް" ގެ ނަމުގައި އިދާރާއެއް އުފައްދައި، އެ އިދާރާގެ ވެރިއަކަށް "ކޮމިޝަނާ ފޯ ޑިޖިޓަލް ޓެކްނޮލޮޖީ" އެއް އައްޔަންކުރަން ޖެހެއެވެ. މީގެ އިތުރުން، ޑިޖިޓަލް ކަންކަމަށް މަގުޗާޓެއް އެކުލަވާލުމަށް "ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް" އެއްވެސް އުފައްދަން ބިލުގައި ވަނީ ހުށަހަޅާފައެވެ.

ބިލަށް ބަހުސްކުރެއްވި ބައެއް މެންބަރުން ވަނީ މިއީ އީ-ވޯޓިންއަށް މަގުފަހިކުރާ ބިލެއް ކަމަށް ތުހުމަތުކުރައްވާފައެވެ. ނަމަވެސް، ބިލުގައި އެފަދަ އެއްވެސް މާއްދާއެއް ނެތްކަން ގިނަ މެންބަރުން ފާހަގަކުރެއްވިއެވެ. ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވަނީ ކޮމިޓީ މަރުހަލާގައި މިދާއިރާގެ ފަންނީ ތަޖުރިބާކާރުންގެ ލަފާ ހޯދުމަށް އެދިވަޑައިގެންފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450