Ads by Farudhun

ޚަބަރު

ސްޓެލްކޯ މުވައްޒަފުންގެ އަގުވަޒަންކޮށް އެންމެ ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެވޯޑްދީފި

ސްޓެލްކޯ މުވައްޒަފުންގެ އަގުވަޒަންކޮށް އެންމެ ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެވޯޑްދީފި

ސްޓެލްކޯ މުވައްޒަފުންގެ އަގުވަޒަންކުރުން. ފޮޓޯ: ސްޓެލްކޯ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޖޫން 2026، 11:14

21 ޖޫން 2026، 11:14

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަށާއި، 2025 ވަނަ އަހަރު މަސައްކަތާއި ހުނަރުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވުނު މުވައްޒަފުންނަށް އިނާމު ދިނުމަށް "ސްޓެލްކޯ ސްޓާފް ނައިޓް" ގެ ނަމުގައި ޚާއްޞަ ޙަފްލާއެއް ބާއްވައިފިއެވެ.

މި ޙަފްލާގައި ކުންފުނީގެ ކުރިއެރުމަށް މަސައްކަތްކުރި ގިނަ މުވައްޒަފުންތަކެއްގެ އަގުވަޒަންކޮށް އެވޯޑްތައް ވަނީ ހަވާލުކޮށްފައެވެ.

މި ޙަފްލާގައި 2025 ވަނަ އަހަރު ޓެކްނިކަލް ދާއިރާތަކުން އެންމެ މޮޅު މެނޭޖަރަކަށް ހޮވިފައިވަނީ، މާލޭ ޕަވަރ ޖަނަރޭޝަން ޑިޕާޓްމަންޓްގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަރ، ޢަލީ ނަފާޙް މުޙައްމަދު އެވެ. އަދި ނޮން-ޓެކްނިކަލް ދާއިރާތަކުން އެންމެ މޮޅު މެނޭޖަރަކަށް ހޮވިފައިވަނީ، ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓްގެ ސީނިއަރ މެނޭޖަރ، ސަމީހާ މުސްޠަފާ އެވެ.

މީގެ އިތުރުން، އަތޮޅުތެރޭގެ އިންޖީނުގެތަކުގެ ތެރެއިން 2025 ވަނަ އަހަރު އެންމެ މޮޅު ސްޓޭޝަން މެނޭޖަރަކަށް ހޮވިފައިވަނީ، ނޯތު ރީޖަނަލް ޑިޕާޓްމަންޓްގެ ކ. ތުލުސްދޫ ޕަވަރހައުސްގެ ސްޓޭޝަން މެނޭޖަރ، ޙުސައިން އާމިރު އެވެ.

ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ މޮޅު މުވައްޒަފުންވެސް މި ޙަފްލާގައި ވަނީ ހޮވާފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ޓެކްނިކަލް މުވައްޒަފަކަށް ހޮވިފައިވަނީ، މާލޭ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓްގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަރ، ޢަލީ ނިޔާޒް އެވެ. އަދި ހުރިހާ ގޮތަކުން އެންމެ މޮޅު ނޮން-ޓެކްނިކަލް މުވައްޒަފަކަށް ހޮވިފައިވަނީ، ޕްރޮޖެކްޓްސް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ، ހައްސާމް އަޙްމަދު އެވެ.

ސްޓެލްކޯއިން ބޭއްވި މި ޙަފްލާއަކީ މުވައްޒަފުންގެ މެދުގައި މަސައްކަތުގެ ރޫޙު އާލާކޮށް، ކުންފުންޏަށް ވަފާތެރިކަމާއެކު ޚިދުމަތްކުރާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ މަޤްޞަދުގައި ބޭއްވި ޙަފްލާއެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450