Ads by Farudhun

ޚަބަރު

ދިވެހި ވަޠަނީ ޚިދުމަތުގެ ތިންވަނަ ޕްރޮގްރާމް ރަސްމީކޮށް އިފުތިތާޙުކޮށްފި

ދިވެހި ވަޠަނީ ޚިދުމަތުގެ ތިންވަނަ ޕްރޮގްރާމް ރަސްމީކޮށް އިފުތިތާޙުކޮށްފި

ވަޠަނީ ޚިދުމަތުގެ ތިންވަން ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙް ކުރުން. ފޮޓޯ: އެމްއެންޑީއެފް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖޫން 2026، 07:40

19 ޖޫން 2026، 07:40

ނޭޝަނަލް ސަރވިސް ނުވަތަ ވަޠަނީ ޚިދުމަތުގެ އިނީޝިއަލް ޓްރެއިނިންގގެ ތިންވަނަ ޕްރޮގްރާމް ރަސްމީކޮށް އިފުތިތާޙު ކޮށްފިއެވެ.

ޅ. މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

ޖުމުލަ 15 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމުގައި ރާއްޖޭގެ 112 ރަށަކުން 352 ކެޑޭޓުން ބައިވެރިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 288 ފިރިހެން ކެޑޭޓުންނާއި 64 އަންހެން ކެޑޭޓުންނެވެ. މި ރަސްމިއްޔާތުގައި މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ސެންޓަރުގެ އޮފިޝިއޭޓިންގ ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން މުޙައްމަދު ޙުޝާމް މޫސާއެވެ. އަދި ކެޑޭޓުންގެ އިޤްރާރު ލައިދެއްވީ އެ ސެންޓަރުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ޝާހިދެވެ.

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ އިސްލާމްދީނަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ފަށާފައިވާ މުހިންމު މަޝްރޫޢެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންގެ ކިބައިގައި އަޚުލާޤާއި ސުލޫކު އަށަގެންނެވުމުގެ އިތުރުން، ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސް އަދި ކޭމްޕު ޙަރަކާތްތައް ދަސްކޮށްދެވޭނެއެވެ. މީގެ އިތުރުން އަސްކަރީ ތަމްރީނުގެ ޙަރަކާތްތައް ވެސް މި ޕްރޮގްރާމްގެ ތެރެއިން ތަޢާރަފުކޮށްދެވޭނެއެވެ.

މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ދަރިވަރުންނަށް ގިނަ ސެޓްފިކެޓްތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓާއި، ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިޑް އަދި ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ހިމެނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450