Ads by Farudhun

ޚަބަރު

މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށްވިޔަނުދީ ހިފެހެއްޓުމަކީ އަމާޒު: ރައީސް މުޢިއްޒު

މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށްވިޔަނުދީ ހިފެހެއްޓުމަކީ އަމާޒު: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖޫން 2026، 07:39

19 ޖޫން 2026، 07:39

ސަރުކާރުގެ އަމާޒަކީ މަހުގެ އަގު ކިލޯއެއް 20 ރުފިޔާއަށްވުރެ ދަށްވިޔަނުދީ ހިފެހެއްޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ދަ ޕަލްސް" ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުންނެވެ.

މި ޕޮޑްކާސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސްވެރިކަމުގެ ސިނާޢަތް އޮތް ހާލަތު ރަނގަޅުކޮށް، އެ ސިނާޢަތް ކޮޅަށްޖެއްސެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. އެގޮތުން މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކުން މިހާރުވެސް ކާމިޔާބީތަކެއް ހާސިލުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މިފްކޯގެ ކެޕޭސިޓީއަށް ގެންނަ ހެޔޮ ބަދަލުތަކާއެކު މަސް ގަންނަ އަގު މިހާރު 20 ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ. އަދި މަހުގެ އަގު ހިފެހެއްޓުމަށްޓަކައި މަސް ރައްކާކޮށް، ވެލިޔު އެޑްކުރެވޭނެ ގޮތްތައް އިތުރުކުރުން މުހިންމު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިކަމުގައި އަބަދުވެސް މަސައްކަތް ކުރަން ބޭނުންވަނީ މަހުގެ އަގު ހިފެހެއްޓޭނެ ގޮތަކަށް. 20 ރުފިޔާގެ ރެޓުގައި. އެހެންނަމަވެސް އެންމެ ދަށްކޮށްވިޔަސް 18 ރުފިޔާއަށްވުރެ ކުޑަނުވާނެގޮތަށް މަސްވެރިކަމުގެ ސިނާއަތުގެ ކަންކަން ސަރުކާރުން ތަންފީޒުކުރަމުންގެންދާނަން. އަމާޒަކީ އަބަދުވެސް 20 ރުފިޔާގައި ހިފެހެއްޓުން. އަދި އެއަށްވުރެ މައްޗަށްވެސް ގެންދެވޭ ވަރުވީމަ ގެންދިއުން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުން ރާއްޖޭގެ މަހަށް ދީފައިވާ ޓެރިފް އިނާޔަތްތައް ދާއިމީވުމަކީ އުންމީދެއް ކަމަށާއި، އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް އެންމެ އެކަށީގެންވާ ސައިޒަށް ކުޑަކުރުމުން، މަސްވެރިކަމުގެ ސިނާޢަތަށް ބޭނުންވާ މީހުން ލިބި، އިޤްތިޞާދަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވަށާޖެހޭ އިޤްތިޞާދީ ސިޔާސަތެއްގެ ތެރެއިން މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ކަމަށެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450