ދުނިޔެ

ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކުގައި 12 މީހުން ޝަހީދުވެއްޖެ

ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކުގައި 12 މީހުން ޝަހީދުވެއްޖެ

އިސްރާއިލުން ލުބްނާނަށް ހަމަލާދިނުން. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖޫން 2026، 12:51

11 ޖޫން 2026، 12:51

އިސްރާއީލް ސިފައިން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުދަ ދުވަހު ދިން ވަރުގަދަ ހަމަލާތަކެއްގައި މަދުވެގެން 12 މީހުން ޝަހީދުވެފައިވާ ކަމަށް ލުބުނާނުގެ ސިއްހީ މަސްދަރުތަކުން ބުނެފިއެވެ.

މި ހަމަލާތައް އަމާޒުވެފައިވަނީ ސައިދާ ސިޓީއާއި، ތައިރު ދިއްބާ އަދި ދައިރު ގާނޫނު އަލް-ނަހްރު ފަދަ ސަރަހައްދުތަކަށެވެ.

ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީ (އެން.އެން.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތައިރު ދިއްބާއަށް ދިން ހަމަލާތަކުގައި އަށް މީހަކު ޝަހީދުވެފައިވާއިރު، ދައިރު ގާނޫނު އަލް-ނަހްރުން ހަތަރު މީހަކު ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން، ގިނަ އަދަދެއްގެ ރެފިއުޖީން ދިރިއުޅޭ ސައިދާ ސިޓީގައި ދުއްވާފައި ދިޔަ ކާރަކަށް އިސްރާއީލުގެ ޑްރޯން ހަމަލާއެއް އަމާޒުވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ހަމަލާތަކުގެ އިތުރުން، އިސްރާއީލް ސިފައިން ވަނީ ބޯޑަރު ކައިރީގައިވާ ކަފްރުޝޫބާ އަވަށުގެ މުނިސިޕަލް ކައުންސިލް މެންބަރެއް ކަމަށްވާ މުހައްމަދު ހަސަން އަލް-ހާޖް އާއި މުވައްޒަފެއް ކަމަށްވާ އަހުމަދު ސަލާހު ދިއާބް ހައްޔަރުކޮށްފައެވެ. މި ދެމީހުން ހައްޔަރުކުރީ އަވަށަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. އިސްރާއީލް އަސްކަރިއްޔާއިން ބުނެފައިވަނީ ސިފައިން ހަރަކާތްތެރިވާ ސަރަހައްދަކަށް ކައިރިވި ދެ މީހަކު ސުވާލުކުރުމަށްޓަކައި ހިފަހައްޓާފައިވާ ކަމަށެވެ.

ލުބުނާނުގެ ދެކުނުގެ އަވަށެއްގައި ހަރަކާތްތެރިވާ ކްރިސްޓިއަން ޖަމިއްޔާއަކުން ވަނީ އެ ސަރަހައްދުގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ބުނެފައެވެ. ގިނަ މަގުތަކެއް ބަންދުވެފައިވުމުގެ ސަބަބުން އެހީ ފޯރުކޮށްދިނުމަށް ދަތިވެފައިވާތީ، އިންސާނީ އެހީ ފޯރުކޮށްދޭނެ ރައްކާތެރި މަގެއް ހުޅުވައިދިނުމަށް އެ ޖަމިއްޔާއިން ވަނީ ލުބުނާނު ސަރުކާރަށް ގޮވާލާފައެވެ.

މިދިޔަ އޭޕްރީލް މަހުން ފެށިގެން ހަމަލާތައް ހުއްޓާލުމަށް އެކި ފަހަރުމަތިން މަސައްކަތް ކުރެވުނު ނަމަވެސް، އެއްވެސް ފަރާތަކުން އެކަމަށް އަމަލުކޮށްފައެއް ނުވެއެވެ. ވޮޝިންޓަނުގައި ބޭއްވުނު މަޝްވަރާތަކަށްފަހު ހުށަހެޅި އާ އެއްބަސްވުންވެސް ހިޒްބުالله އިން ވަނީ ދެކޮޅު ހަދާފައެވެ.

 ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މާޗް މަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 3،700 އަށްވުރެ ގިނަ މީހުން ޝަހީދުވެ، އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށްދާން ޖެހިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450