Ads by Farudhun

ޚަބަރު

މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލުކުރާ ޤަވާއިދު ހަރުދަނާކުރުމަށް ޤަވާއިދެއް އެކުލަވާލައިފި

މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލުކުރާ ޤަވާއިދު ހަރުދަނާކުރުމަށް ޤަވާއިދެއް އެކުލަވާލައިފި

ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށްދަނީ. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ޖޫން 2026، 12:41

10 ޖޫން 2026، 12:41

މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލުކުރާ ޤަވާއިދު ހަރުދަނާކުރުމަށް ޤަވާއިދެއް އެކުލަވާލައިފިއެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލީގޮތުން ކަންކަން ކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ "މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި، ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމާއި، އެ އެއްޗެހި ތަޙުލީލުކުރުމަށް ފޮނުވުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު"  މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އަމަލުކުރަން ފަށައިފައެވެ.

 2026 ޖޫން 9 ވަނަ ދުވަހު ޝާއިއުކުރި މި ގަވާއިދުގެ ދަށުން، މަސްތުވާތަކެތީގެ ތަހުގީގުތަކުގައި ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރާ ކަމަށް ބެލެވޭނެ ވަގުތު 12 ގަޑިއިރަށް ވަނީ ކުޑަކޮށްފައެވެ.

މި ގަވާއިދަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2011/17) ގެ ދަށުން ބާރުލިބިގެން، ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ކުޑަކަމުދާ ތަކެތި ހޯދުމާއި ތަހުލީލުކުރުމުގެ އިޖުރާއަތްތައް ހަރުދަނާކުރުމަށް އެކުލަވައިލާފައިވާ ގަވާއިދެކެވެ. މީގެ ސަބަބުން ތަހުގީގުކުރާ ފަރާތްތަކަށް ހުއްދަ ހޯދުމާއި، އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ގޮތުގެ ސާފު އުސޫލުތަކެއް ކަނޑައެޅި، ޖަވާބުދާރީވަނިވި ނިޒާމެއް ގާއިމުވެގެންދާނެއެވެ.

ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަންތަކަށް ހާއްސަ ހުއްދައެއް
ގަވާއިދުގައިވާ ގޮތުން، ކޮންޓްރޯލްޑް ޑެލިވަރީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނީ ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ އެކަމަށް ކަނޑައަޅާފައިވާ ފުލުހުންގެ އިސް އޮފިސަރެއްގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ. ކޮންމެ އޮޕަރޭޝަނަކަށް ވަކިވަކިން ހުއްދަ ހޯދަންޖެހޭއިރު، އެ ހުއްދަ ދިނުމުގައި މައްސަލައިގެ ތަފުސީލަށާއި، އޮޕަރޭޝަން ހިންގުމުގެ މުހިންމުކަމަށާއި، ސަލާމަތީ ކަންކަމަށް ރިއާޔަތްކުރަންޖެހެއެވެ. އަދި މިފަދަ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ބަދަލުގައި އެހެން އެއްޗެއް (ސަބްސްޓިއުޓެއް) ބޭނުންކުރުމުގެ ފުރުސަތުވެސް މި ގަވާއިދުން ފަހިކޮށްދެއެވެ.

ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުމުގެ އުސޫލު
މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުކުރެވޭ މީހުންގެ ކުޑަކަމުދާ އެއްޗެހި ނެގުމާއި ތަހުލީލުކުރުމުގެ ކަންކަންވެސް މި ގަވާއިދުގައި ވަނީ ވަރަށް ތަފްސީލުކޮށްފައެވެ. ސާމްޕަލް ދޭންޖެހޭ ފަރާތަށް އެކަން އެންގުމާއި، ސާމްޕަލް ރައްކާތެރިކަމާއެކު އުފުލުމުގެ ނިޒާމެއް ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން، ފުލުހުންގެ ފޮރެންސިކް ލެބޯޓްރީ ނޫން އެހެން ލެބޯޓްރީއަކުން ސާމްޕަލް ތަހުލީލުކުރުމަށް އެދުމުގެ ފުރުސަތު ސާމްޕަލް ދޭ ފަރާތަށް ލިބިގެންވާކަން ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި އައު ގަވާއިދުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރިއާއި، އެ ތަކެތި އެތެރެކުރުމާއި ބޭނުންކުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. އަދި މިއީ މުޖުތަމައު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450