ކުޅިވަރު

ބާސެލޯނާއިން ސްޕެނިޝް ލީގުގެ ތަށި 29ވަނަ ފަހަރަށް އުފުލާލުމަށް ތައްޔާރުވެއްޖެ

ބާސެލޯނާއިން ސްޕެނިޝް ލީގުގެ ތަށި 29ވަނަ ފަހަރަށް އުފުލާލުމަށް ތައްޔާރުވެއްޖެ

ރެއާލް މެޑްރިޑާ ދެކޮޅަށް ގޯލު ކާމިޔާބުކުރުމަށްފަހު ރަޝްފޮޑު އުފާފާޅުކުރަނީ---

11 މޭ 2026، 04:38

ބާސެލޯނާއިން ސްޕެނިޝް ލަ ލީގާގެ ތަށި 29 ވަނަ ފަހަރަށް އުފުލާލުމަށް ތައްޔާރުވެއްޖެއެވެ.

އެ ޓީމުން މި ސީޒަންގައި ލީގު ޔަޤީންކުރީ، ރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު އެލްކްލެސިކޯ މެޗު 2-0އިން ކާމިޔާބުކޮށްގެނެވެ. އެގޮތުން ރޭގެ މޮޅާއެކު ބާސެލޯނާއިން 35 މެޗުން 91 ޕޮއިންޓު ހޯދާފައިވާއިރު، އެ އަދަދަށް މެޗު ކުޅެގެން ރެއާލް މެޑްރިޑަށް ލިބިފައި ވަނީ 77 ޕޮއިންޓެވެ. އެހެންކަމުން ލީގުގައި ބާކީ 3 މެޗު އޮއްވައި ބާސެލޯނާއިން މި ވަނީ ލީގު ޔަޤީންކޮށްފައެވެ. 

ބާސެލޯނާއިން ވަނީ މިދިޔަ ސީޒަންގައި ވެސް ލީގު ކާމިޔާބުކޮށްފައެވެ. އެހެންކަމުން އެ ޓީމުން މި ވަނީ މި ސީޒަންގައި ލީގު ތަށި ދިފާއުކޮށްފައެވެ. މީގެ ކުރިން، 2017/18 އަދި 2018/19 މި ދެ ސީޒަންގައި ލީގު ކާމިޔާބުކޮށް، ޖެހިޖެހިގެން ދެ ފަހަރަށް ބާސެލޯނާއިން ލީގު ކާމިޔާބުކޮށްފައި ވެއެވެ. ނަމަވެސް ލީގު ތާރީޙަށް ބަލާއިރު، އަދިވެސް ކުރީގައި އުޅެނީ ރެއާލް މެޑްރިޑެވެ. އެ ޓީމުން މިހާތަނަށް 36 ފަހަރެއްގެ މަތިން ލީގު ކާމިޔާބުކޮށްފައި ވެއެވެ. 

މި ތާރީޙު ބަދަލު ބަދަލުކުރުމަށް ބާސެލޯނާއިން ވަނީ ފަހަކަށް އައިސް ބޮޑު ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން 2008/09 ސީޒަން ވެގެންދިޔައީ މިކަމުގެ އޮއިވަރު ވަރަށް ބޮޑަށް ބަދަލުކޮށްލަން ފެށުނު ސީޒަނަކަށެވެ. އެގޮތުން 2009 އިން 2019ވަނަ އަހަރާއި ދޭތެރޭގައި ކުޅުނު 10 ސީޒަންގެ ތެރެއިން 8 ސީޒަންގައި އެ ޓީމުން ވަނީ ލީގު ކާމިޔާބުކޮށްފައެވެ.

މި ދުވަސްވަރު އެ ޓީމުގައި ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ ޕެޕް ގާޑިއޯލާ، ޓިޓޯ ވިލަނޯވާ، ލުއިޒް އެންރީކޭ މާޓިނޭޒް އަދި އާރނެސްޓޯ ވަލްވާރޑޭއެވެ. 

އަދި 2019ވަނަ އަހަރަށް ފަހު ލީގު ކާމިޔާބު ނުކުރެވި 3 ސީޒަން ހޭދަވިއެވެ. އޭގެ ފަހުން ޒަވީ ހެނާންޑޭޒް ބާސެލޯނާއާ ހަވާލުވުމަށްފަހު ލީގު ކާމިޔާބުކުރިއެވެ. އަނެއްކާ އޭގެ ފަހުން ޖެހިޖެހިގެން ދެ ސީޒަންގައި އެ ޓީމަށް މިވަނީ ލީގު ލިބިފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450