Ads by Farudhun

ޚަބަރު

ރައީސުލްޖުމްހޫރިއްޔާއާ ހަވާލާދީ 'އަދަދު' ނޫހުން ފެތުރީ ދޮގު ޚަބަރެއް: ސަރުކާރު

ރައީސުލްޖުމްހޫރިއްޔާއާ ހަވާލާދީ 'އަދަދު' ނޫހުން ފެތުރީ ދޮގު ޚަބަރެއް: ސަރުކާރު

ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 އޭޕްރީލު 2026، 01:28

20 އޭޕްރީލު 2026، 01:28

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅެއްގެ މާނަ އޮޅޭގޮތަށް 'އަދަދު' ނޫހުން ފަތުރާފައިވާ ޚަބަރަކީ ހަގީގަތާ ޚިލާފު، ދޮގު ޚަބަރެއްކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، 20 އޭޕްރީލް 2026 ގައި 'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާން ޢަލީ ނާޞިރު ލިޔެފައިވާ "ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް އިއުތިރާފުވެވަޑައިގެންފި" މި ސުރުޚީގެ ދަށުން ޝާއިޢުކޮށްފައިވާ ޚަބަރަކީ ކަނޑައެޅިގެން ރައީސުލްޖުމްހޫރިއްޔާގެ ބަސްފުޅު އޮޅުވާލައިގެން ލިޔެފައިވާ ލިޔުމެއް ކަމަށެވެ.

މި ޚަބަރަކީ ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެހެން މީޑިއާއަކުން ކުރި ސުވާލަކަށް އެމަނިކުފާނު ދެއްވި ޖަވާބަށް ރިއާޔަތްކޮށް ލިޔެފައިވާ ޚަބަރެކެވެ. ނަމަވެސް، އެ ޚަބަރުގެ ސުރުޚީއާއި އޭގައި ހިމަނާފައިވާ ވާހަކަތަކަކީ ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބުގެ މާނަ އޮޅުވާލައި، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ ރޫހާއި މަޤްޞަދާ މުޅިން ޚިލާފަށް އުފަންކޮށްފައިވާ ދޮގު މަޢުލޫމާތުތަކެއްކަން ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސަރުކާރުން އިތުރަށް ބުނެފައިވަނީ، މިއީ ވަކި ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމަށްޓަކައި ލިޔެފައިވާ، ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑުތަކާ އަދި ޕްރޮފެޝަނަލް މިންގަނޑުތަކާ ޚިލާފު އަމަލެއް ކަމަށެވެ.

މިފަދަ ދޮގު މަޢުލޫމާތު ފަތުރާ ހާލަތްތަކުގައި، ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދީ، ހާމަކުރަމުންދާނެކަމުގެ ޔަގީންކަން ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންގެ ބަޔާނުގައި ވަނީ ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450