ކުޅިވަރު

ސްކޫލް ކުދިންނަށް ޚާއްޞަ ރާއްޖެ ޖޫނިއަރ ޓީޓީ ޗެމްޕިއަންޝިޕް ފަށައިފި

ސްކޫލް ކުދިންނަށް ޚާއްޞަ ރާއްޖެ ޖޫނިއަރ ޓީޓީ ޗެމްޕިއަންޝިޕް ފަށައިފި

ރާއްޖެ ޖޫނިއަރ ޓީޓީ ޗެމްޕިއަންޝިޕް---

farudhun logo

ފަރުދުން

15 އޭޕްރީލު 2026، 05:03

15 އޭޕްރީލު 2026، 05:03

ސްކޫލް ކުދިންނަށް ޚާއްޞަ ރާއްޖެ ޖޫނިއަރ ޓީޓީ ޗެމްޕިއަންޝިޕް ފަށައިފިއެވެ. މިއީ މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

މި މުބާރާތުގައި ޖުމްލަ 17 ސުކޫލަކުން 130 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި މުބާރާތް ކުރިޔަށްދާނީ 14 އޭޕްރީލުން 30 އޭޕްރީލުގެ ނިޔަލަށް މަލޭ ޓީޓީ ހޯލުގައެވެ.

މި މުބާރާތް ކުރިޔަށް ދަނީ ހަތަރު އުމުރުފުރާއެއްގައި ކުޅުންތެރިންނަށް ވާދަކުރެވޭ ގޮތަށެވެ. އެއީ 13 އަހަރުން ދަށް 15 އަހަރުންދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާގައެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)އިން ހާމަކޮށްފައިވާ ގޮތުގައި، މި މުބާރާތުގައި ގިނަ ކުޅުންތެރިންތަކެއް ވާދަކުރާނެއެވެ. އަދި މުބާރާތުގައި ޖުމްލަ 596 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މި މުބާރާތަށް ތައްޔާރުވުމަށް ސްކޫލްތަކުން ވަނީ ދުރާލައި ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެހެންކަމުން މި މުބާރާތަށް ދެއްވި އެއްބާރުލެއްވުމަށް އެ އެސޯސިއޭޝަނުން ވަނީ ސްކޫލްތަކަށާއި ބެލެނިވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450