ޚަބަރު
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ދެ ކިލޯގެ މަސްތުވާތެތި ކަސްޓަމްސްއިން ހިފަހައްޓައިފި
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި / ފޮޓޯ: ކަސްޓަމްސް
ފަރުދުން
29 މާރިޗު 2026، 09:58
29 މާރިޗު 2026، 09:58
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ދެ ކިލޯގެ މަސްތުވާތެތި މޯލްޑިވްސް ކަސްޓަމްސް ސާރިސަސްއިން ހިފަހައްޓައިފިއެވެ.
ކަސްޓަމްސްއިން ވިދާޅުވީ، ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2640 ގްރާމްގެ މަސްތުވާތަކެތި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަތުލައިގަނެފައިވާ ކަމަށެވެ. އެތަކެތި އަތުލައި ގަނެފައިވަނީ، މިމަހުގެ 4 ވަނަ ދުވަހުއެވެ.
ކަސްޓަމްސްއިން އެ ދުވަހު އަތުލައިގަނެފައިވާ މަސްތުވާތަކެތީގައި ހިމެނެނީ ސިންތެޓިކް ކެތިނޯން ކިޔާ މަސްތުވާތަކެތީގެ ބާވަތެކެވެ.
ކަސްޓަމްސްއިން ވިދާޅުވީ، އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 3.9 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަރާނެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން އަންނަނީ، ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތްތައް ކުރަމުންނެވެ.