Ads by PNC

ޚަބަރު

މަހިބަދޫ އާބަން ސެންޓަރު، މާފަރުފަޅުގެ ނެރުކެނޑުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް

މަހިބަދޫ އާބަން ސެންޓަރު، މާފަރުފަޅުގެ ނެރުކެނޑުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް

މަހިބަދޫ އާބަން ސެންޓަރ މާފަރުފަޅުގެ ނެރުކެނޑުމުގެ މަސައްކަތް ކުރިއަށްދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 މާރިޗު 2026، 03:28

28 މާރިޗު 2026، 03:28

އދ. މަހިބަދޫގެ ރައްޔިތުންގެ މުސްތަޤްބަލާ ސީދާ ގޮތުން ގުޅިފައިވާ މަހިބަދޫ އާބަން ސެންޓަރު (މާފަރުފަޅު) ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ ސަރަޙައްދުގެ ނެރުކެނޑުމުގެ މަސައްކަތް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާކަން ހާމަކޮށްފިއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާފަރުފަޅު ހިއްކައިގެން ތަރައްޤީކުރާ މި އާބަން ސެންޓަރުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ފަޅަށް ވަދެ ނިކުތުމަށް ބޭނުންވާ ނެރުކެނޑުމުގެ މުހިންމު މަރުޙަލާއެވެ.

މެންބަރު ޠާރިޤް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢު ނިމުމުން މަހިބަދޫގެ މިހާރުގެ ބޮޑުމިނަށްވުރެ ތިންގުނަ ބޮޑު ބިމެއް އެ ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ. "މަހިބަދޫގެ 3 ގުނަ ބިން މާތް ﷲ ގެ ވާގިފުޅާއެކު މަހިބަދޫއަށް ލިބިގެންދާނެ،" ޠާރިޤް ވިދާޅުވިއެވެ.

މާފަރުފަޅު ހިއްކުމުގެ މަޝްރޫޢަކީ މަހިބަދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށާއި، އެ ރަށަކީ ސަރަޙައްދީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން މަހިބަދޫގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް ބޮޑެތި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450