Ads by PNC

ޚަބަރު

ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުން ކުރުމުގައި ޙުއްދަ ހޯދަންޖެހޭނެ ސަރަޙައްދު ސާފުކޮށްދީފި

ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުން ކުރުމުގައި ޙުއްދަ ހޯދަންޖެހޭނެ ސަރަޙައްދު ސާފުކޮށްދީފި

ވައިގެ ސަރަޙައްދު ބައި ކުރެވިފައިވާ ގޮތް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

24 މާރިޗު 2026، 08:01

24 މާރިޗު 2026، 08:01

ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުން ކުރުމުގައި ޙުއްދަ ހޯދަންޖެހޭނެ ސަރަޙައްދު، ދިފާއީ ވުޒާރާއިން ސާފުކޮށްދީފިއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ޤައުމުތަކުގެ ވައިގެ ސަރަޙައްދާ ގުޅޭގޮތުން ގިނަ ބަހުސްތަކެއް ކުރެވެމުންދާއިރު، އެ ވުޒާރާއިން މި މަޢުލޫމާތު ޙިއްސާކޮށްފައި ވަނީ ސޯޝަލް މީޑިއާގައެވެ. 

ސީޝަލް މީޑިއާގައި ޚިއްޞާކުރި އެ ޕޯސްޓުގައި ދިފާއީ ވުޒާރާއިން ބުނީ، ޤައުމުތަކުގެ ވައިގެ ސަރަޙައްދުތަކާއި، ވައިގެ ދަތުރުފަތުރުގައި އަމަލުކުރާ މައިގަނޑު އުސޫލުތައް ބަޔާންކުރާ "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން (ޗިކާގޯ ކޮންވެންޝަން) ގައި ބަޔާންކުރާ ގޮތުން، ޤައުމުތަކުގެ ސަރަޙައްދީ ކަނޑާ ގުޅިފައިވާ ވައިގެ ސަރަޙައްދަކީ އެ ޤައުމުގެ ސިޔާދަތީ ބާރު ހިނގާ، އަދި އެ ސަރަޙައްދަށް ވަނުމުގެ ކުރިން ޙުއްދަ ހޯދަންޖެހޭނެ ސަރަޙައްދެއް ކަމަށެވެ. 

މީގެ އިތުރުން، ޤައުމެއްގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުން ބޭރަކީ ބައިނަލްއަޤުވާމީ ވައިގެ ސަރަޙައްދުކަމަށާއި، އަދި ބައިނަލްއަޤުވާމީ ވައިގެ ސަރަޙައްދު ބޭނުން ކުރުމަކީ ޙުއްދާ ހޯދަންޖެހޭ ކަމެއްނޫންކަން އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް ފްލައިޓް އިންފޮމޭޝަން ރީޖަން (އެފް.އައި.އާރ) ސަރަޙައްދުގައި އެއަރ ޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތް ފޯރުކޮށްދޭންޖެހޭއިރު، އެއީ ޤައުމެއްގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގެ ބޭރުކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އެއީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ރައްކާތެރިކަން ޤާއިމްކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދެއްކަމުން، އެފް.އައި.އާރ ޒޯނުން ދަތުރުކުރާ އުޅަނދުތަކަށް ޚިދުމަތް ދޭން ޖެހޭނެކަން ވަނީ ބަޔާންކޮށްފައެވެ. 

އެހެންކަމުން އިންޓަރނޭޝަނަލް އެއަރސްޕޭސްގެ ތެރޭގައި ހިމެނޭ އެފް.އައި.އާރ ސަރަޙައްދަށް ވަނުމަށް ޤައުމެއްގެ ހުއްދަ ހޯދަން ނުޖެހުނު ކަމުގައިވިޔަސް، އެއަރ ޓްރެފިކް ކޮންޓްރޯލް ޚިދުމަތްތަކުން މިފަދަ ދަތުރުތަކާ ގުޅޭ މަޢުލޫމާތު ޙިއްސާކޮށް އަދި ވިލަރެސް ކުރަމުންދާނެކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.



އެހެންކަމުން، ބޯޓެއް ގައުމެއްގެ 12 ނޯޓިކަލް މޭލުގެ ސަރަހައްދުން ބޭރުގައި، އެކަމަކު އެފްއައިއާރް ތެރޭގައި އޮތް ނަމަ، އެއީ ގައުމުގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދަށް ވަނުން ކަމުގައެއް ނުވެއެވެ.

ޤައުމުތަކުގެ ކޮންޓްރޯލް އޮންނަނީ އެ ޤައުމެއްވެ ވައިގެ ސަރަޙައްދު (އެއާ ސްޕޭސް) އަށެވެ. އެފް.އައ.ިއާރް. އަކަށް ނޫނެވެ. ނަމަވެސް ޗާޓުތަކުން ބަލާއިރު އެފްއައިއާރް ވެސް އެ ޤައުމެއްގެ ވައިގެ ސަރަޙައްދުގެ ގޮތުގައި ފެންނާތީ އެ ސަރަޙައްދަކީ ވެސް ޤައުމުގެ ބާރު ހިނގާ އަދި އެހެން ޤައުމުތަކުގެ ބޯޓުތަކުން ޙުއްދަ ހޯދައިގެން ނޫނީ ނުވަދެވޭ ސަރަޙައްދު ކަމަށް ގިނަބަޔަކަށް އޮންނަނީ ހީވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450