Ads by PNC

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ފްލެޓަށް ހުށަހެޅުމަށް އަންނަ މަހު 1ގައި ހުޅުވާލަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ފްލެޓަށް ހުށަހެޅުމަށް އަންނަ މަހު 1ގައި ހުޅުވާލަނީ

ނުކުޅެދުންތެރިކަން ހުރި ދެ މީހަކު މަގުމަތީގައި - ފޮޓޯ:ބީއެމްއެލް

farudhun logo

ފަރުދުން

23 މާރިޗު 2026، 10:41

23 މާރިޗު 2026، 10:41

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު އަންނަ އެޕްރީލް މަހުގެ 1ގައި ހުޅުވާލާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި ކެޓަގަރީގެ ދަށުން ފްލެޓަށް ހުޅުވާލުމަށް ކުރިން ތާވަލުކޮށްފައި އޮތީ މާރިޗު 24އެވެ. ނަމަވެސް ތާރީޙު ލަސްކުރި ސަބަބެއް އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.

ތާރީޙަށް ބަދަލު ގެނަސް، މި ކެޓަގަރީން ފްލެޓަށް އެދި ހުށަހެޅޭނީ އޭޕްރީލް 1ވަނަ ދުވަހުގެ 11:00ގައިކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. 

މި ކެޓަގަރީގެ ދަށުން ފްލެޓަށް އެދި ހުށަހެޅެނީ މާލޭ ސަރަޙައްދުގައި އުޅޭތާ މެދުނުކެނޑި 5 އަހަރުވެފައިވާ ފަރާތްތަކަށެވެ. އަދި މި ކެޓަގަރީއަށް ޚާއްޞަކޮށްފައި ވަނީ 100 ފްލެޓެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތް ނުވަތަ އެ ފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރިގޮތުން ގްރޭޓަރ މާލެ ސަރަޙައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާއެކު، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރި ކަމަށް، އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ގްރޭޓަރ މާލެ ސަރަހައްދުން ވޭތުވެދިޔަ 1 އަހަރު ފަރުވާ ހޯދާފައިވާ ފަރާތްތަކަށްވެސް މި ކެޓަގަރީއަށް ހުށަހެޅޭނެއެވެ.

އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ކެޓަގަރީން ފުލެޓަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްޞީލު ގެޒެޓު ކޮށްފައިވާ އިޢުލާނުގެ ޖަދުވަލުގައި ހިމެނިފައިވާނެ ކަމަށެވެ. އަދި މީގެ ބޭނުމަކީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިސްކަންދީ، އެފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސުން ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450