Ads by PNC

ޚަބަރު

ފަސްޓްލޭޑީ ތިނަދޫ ސިޓީއަށް ޒިޔާރަތްކުރައްވައިފި

ފަސްޓްލޭޑީ ތިނަދޫ ސިޓީއަށް ޒިޔާރަތްކުރައްވައިފި

ފަސްޓްލޭޑީ ތިނަދޫ ސިޓީއަށް ވަޑައިގެންނެވުން / ފޮޓޯ: ޕީއެންސީ

farudhun logo

ފަރުދުން

23 މާރިޗު 2026، 08:49

23 މާރިޗު 2026، 08:49

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ތިނަދޫ ސިޓީއަށް މިއަދު ވަޑައިގެންފިއެވެ. ފަސްޓް ލޭޑި އެ ސިޓީއަށް ވަޑައިގެންނެވިއިރު، އެ ކަމަނާއަށް މަރުޚަބާ ދެންނެވުމަށް ގިނަ ބަޔަކު އެއްވެފައި ތިއްބެވެ. 

މި ދަތުރުފުޅުގައި އެ ކަމަނާ ވަނީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ތައްޔާރުވުމަށް އެ ސިޓީގައި ބޭއްވި ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

އެގޮތުން އެ ސިޓީގެ މޭޔަރު އަދި ކައުންސިލުގެ މެންބަރުކަމަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އަދި މެންބަރުކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު އެ ކަމަނާ ވަނީ ދޮރުން ދޮރަށް ބޭއްވި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ. 

ފަސްޓް ލޭޑީ ތިނަދޫ ސިޓީއަށް ވަޑައިގެންނެވުން / ފޮޓޯ: ޕީއެންސީ

މި ހަރަކާތުގެ އިތުރުން، އެ ސިޓީގެ ގޮނޑިތަކަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ފަރާތްތަކާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ކެމްޕެއިންގެ ކަންކަމާ ގުޅޭ ގޮތުން އެކަމަނާ މަޝްވަރާކުރެއްވިއެވެ. 

މީގެއިތުރުން ތިނަދޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ  މުޙައްމަދު އަޖީބުގެ މެނިފެސްޓޯ ލޯންޗުކުރުމުގެ ހަފުލާގައި ރައީސްގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފައިވެއެވެ. 

ތިނަދޫ ސިޓީއަށްފަހު ފަސްޓް ލޭޑީ ވަނީ ފުވައްމުލަކު ސިޓީއަށް ވެސް މިއަދު ވަޑައިގެންފައެވެ. 

މި ދަތުރުފުޅުގައި އެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އަލީ މަސީހާއި އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށާއި، އެ ސިޓީގެ އެކި ދާއިރާތަކުގެ ކައުންސިލަރުކަމަށާއި ޑަބްލިއުޑީސީގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ ބައްދަލުކުރައްވައި، ކެމްޕެއިން ހަރަކާތްތަކުގައި ވެސް ބައިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450