Ads by PNC

ޚަބަރު

ޕާކިސްތާން ޑޭގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ޕާކިސްތާން ޑޭގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

"ޕާކިސްތާނު ޑޭ"ގެ ގޮތުގައި ފާހަގަ ކުރަނީ މާރިޗު މަހުގެ 23ވަނަ ދުވަސް---

farudhun logo

ފަރުދުން

23 މާރިޗު 2026، 07:45

23 މާރިޗު 2026، 07:45

"ޕާކިސްތާނު ޑޭ" ގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއަށާއި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފަށާއި، އެ ޤައުމުގެ އުޚުއްވަތްތެރި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ތަހުނިޔާ ދަންނަވައި، ޕާކިސްތާނުގެ ރައީސްއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެދޭކަމަށް ދެންނެވިއެވެ. އަދި މީގެތެރޭގައި  ދެ ޤައުމާއި ސަރަޙައްދުގެ ތަރައްޤީއަށް އިސްކަންދެވޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. 

މީގެއިތުރުން، 1966 ވަނަ އަހަރު ދެޤައުމުގެ ދެމެދުގައި ސިޔާސީގުޅުން ޤާއިމުކުރެވުނީއްސުރެ، ދެޤައުމުގެ ދެމެދުގައި ވަރަށް ގާތްގުޅުމެއް އުފެދިފައިވާ ކަމަށާއި، ދެޤައުމަށްވެސް ފައިދާކުރަނިވި ކަންކަމުގައި ބިނާކުރަނިވި ގޮތެއްގައި ބައިވެރިވެ، ދެމެހެއްޓެނިވި ގޮތެއްގައި މުހިއްމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައި ވިދާޅުވެފައިވެއެވެ.   އަދި މިގުޅުން އިތުރަށް ބަދަހިވެގެން ދިއުމުގައި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ގުޅުމާއި، އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން މުހިއްމު ހިއްސާއެއް އަދާކުރާކަން ފާހަގަ ކުރައްވާފައި ވެއެވެ.

މި ސިޓީފުޅުގައި ރައީސް އިތުރަށް ވިދާޅުވީ، ޕާކިސްތާންއާ ރާއްޖެއާ ދެމެދު އުފެދިފައިވާ ގުޅުން ބިނާވެގެންވަނީ، އިސްލާމީ ޢަޤީދާއާއި، އަދި ދެޤައުމުންވެސް، ތަރައްޤީއާ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތަށް ދޭ އަހައްމިއްޔަތުކަމުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްޙަތަކާއި އުފާވެރިކަމަށާ، އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ކުރިއެރުން މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ކޮންމެ އަހަރަކުވެސް މާރިޗު މަހުގެ 23ވަނަ ދުވަސް، "ޕާކިސްތާނު ޑޭ"ގެ ގޮތުގައި ފާހަގަ ކުރަނީ 1940 ވަނަ އަހަރުގެ ލާހޯރު ރިޒޮލިއުޝަނާ ގުޅުވައިގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450