Ads by PNC

ޚަބަރު

ލަންކާގެ ކިންގްސް ހޮސްޕިޓަލުން އާސަންދަ ލިބޭ ގޮތް ހަމަޖައްސައިފި

ލަންކާގެ ކިންގްސް ހޮސްޕިޓަލުން އާސަންދަ ލިބޭ ގޮތް ހަމަޖައްސައިފި

ކޮލަމްބޯގައި ހުންނަ ކިންގްސް ހޮސްޕިޓަލް---

farudhun logo

ފަރުދުން

23 މާރިޗު 2026، 08:45

23 މާރިޗު 2026، 08:45

ގިނަ އަދަދެއްގެ ދިވެހިން އެކިބޭނުންތަކުގައި ވަޒަންވެރިވެގެން އުޅޭ ސްރީ ލަންކާގެ އިތުރު ހޮސްޕިޓަލަކުން އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. އާސަންދައިގެ ޚިދުމަތް އަލަށް ދޭން ފަށާފައި ވަނީ ކޮލަމްބޯގައި ހުންނަ ކިންގްސް ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލުން މި ޚިދުމަތް ދޭން ފެށީ މިދިޔަ މަހުއެވެ.

ކިންގްސް ހޮސްޕިޓަލުން އާސަންދަ ސްކީމް މެދުވެރިކޮށް ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖެހިގެންގޮސްފައިވާއިރު، ގިނަ ދުވަސްތަކެއް ވަންދެން އެ ޚިދުމަތް ދިވެހީންނަށް ދެމުންގެންދިޔަ ލަންކާ ހޮސްޕިޓަލުން ވަނީ މި ސްކީމްގެ ދަށުން ޚިދުމަތް ދިނުން ހުއްޓާލާފައެވެ. 

އާސަންދައިން ކުރިން ހާމަކޮށްފައިވާ ގޮތުގައި، އެ ހޮސްޕިޓަލުން އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ދިނުން ހުއްޓާލީ، އެ ހޮސްޕިޓަލާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންނެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށް ކުރި މަސައްކަތުގައި، މި އެއްބަސްވުމާ ގުޅޭ ގިނަ ކަންކަމަށް ދެ ފަރާތުން އެއްބަސްނުވެވުނީކަމަށް ވެސް އާސަންދައިން ވަނީ ހާމަކޮށްފައެވެ.

އާސަންދައިން ހާމަކޮށްފައިވާ ގޮތުގައި، ލަންކާ ހޮސްޕިޓަލުން އާސަންދަ މެދުކަނޑާލުމާ ގުޅިގެން އެ ޤައުމުގައި ދިރިއުޅޭ ގިނަ ދިވެހިންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ކިންގްސް ހޮސްޕިޓަލުން އަލަށް މި ޚިދުމަތް ދޭން ފެށުމަކީ ދިވެހިންނަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. 

އާސަންދަ ކުންފުނީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދިވެހިން ފަރުވާއަށް ފޮނުވުމަށްޓަކައި ރާއްޖޭން ބޭރުގެ 63 ހޮސްޕިޓަލަކާއެކު މިހާރު ވަނީ އެއްބަސްވުން ހަދާފައެވެ. މީގެ ތެރޭގައި ސްރީލަންކާގެ 9 ހޮސްޕިޓަލެއް ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450