Ads by PNC

ޚަބަރު

ފެލިދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެ

ފެލިދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެ

ފެލިދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗު ކައިރީގައި އެހެން އުޅަނދުތައް ހަރަކާތްތެރި ވަނީ---

farudhun logo

ފަރުދުން

20 މާރިޗު 2026، 11:21

20 މާރިޗު 2026، 11:21

ވ. ފެލިދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލައި، އޭގެން ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. 

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 01:15 ހާއިރުއެވެ. އަދި ލޯންޗު އަޑިއަށް ދިއުމުގެ ކުރިން ލޯންޗު ވަނީ ވިއްސައިގެން ގޮސްފައެވެ.

މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ލޯންޗުގައި ޖުމްލަ 7 މީހުން ތިއްބެވެ.  އޭގެތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ.

އަދި ހާދިސާގެ ތެރެއިން ލޯންޗު ވިއްސައިގެން ދިއުމުގެ ތެރޭގައި މޫދަށް ވެއްޓިފައި ވަނީ ފަސް މީހުންނެވެ. އެއީ ރަޝިއާއަށް ނިސްބަތްވާ އަންހެން މީހާއާއި އިންޑިއާގެ ހަތަރު ފިރިހެނުންނެވެ. މީގެ ތެރެއިން މިހާރު ގެއްލިގެން ހޯދަމުންދަނީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.

މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ. ގެއްލުނު ދެ މީހުން ހޯދުމަށް ކަނޑުމަތީގެ އުޅަނދުފަހަރު ބޭނުންކޮށްގެން އެ ސަރަހައްދުގައި ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450