Ads by PNC

ޚަބަރު

"އަމިއްލަވަންތަ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިތިބުމަށް އޮތް އެންމެ އާރުލާ އެއް ސަބަބަކީ ދިވެހި ތާރީޙު"

"އަމިއްލަވަންތަ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިތިބުމަށް އޮތް އެންމެ އާރުލާ އެއް ސަބަބަކީ ދިވެހި ތާރީޙު"

ޤައުމީ ތާރީޚުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓް---

farudhun logo

ފަރުދުން

27 ފެބްރުއަރީ 2026، 10:05

27 ފެބްރުއަރީ 2026، 10:05

އަމިއްލަވަންތަ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިތިބުމަށް އޮތް އެންމެ އާރުލާ އެއް ސަބަބަކީ ދިވެހި ތާރީޙުކަމަށް  ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ޤައުމީ ތާރީޚުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ މަނިކުފާނު ވިދާޅުވީ ދިވެހީން މިވަޠަނުގައި ދިިރިއުޅޭތާ އެތައް ސަތޭކަ އަހަރު ވެފައިވާކަމަށް ހެކިދެނީ ދިވެހި ތާރީޚުކަމަށާއި، މާޒީގެ ވާހަކަތަކުގެ ޖުމްލަތަކާއި ތަސްވީރުތަކާއި ޤަދީމީ އާސާރުތަކުން އެތައް ވާހަކަތަކާއި އިބްރަތްތަކާއި ޙިކްމަތްތައް ލިިބިގެންދާކަމަށެވެ.

އަދި ދިވެހިން މި ފަޚުރުވެރި ޤައުމުގައި އުޅޭތާ އެތަކެއް ސަތޭކަ އަހަރު ވެފައިވާކަން ތާރީޚުން ހެކިދޭކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ހަަމައެހެންމެ، އަންނަން އޮތް ޖީލުތަކަށް މިނިވަން، އަމިއްލަވަންތަ ޤައުމެއްގެ ގޮތުގައި އޮތުމަށް އޮތް އެންމެ ބޮޑު ސަބަބަކީ ދިވެހި ތާރީޚު ކަަަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ދިވެހި ތާރީޚާއި ތަރިކަ ރައްކާތެރިކޮށް، ތާރީޚާއި ތަރިކައިގެ އިލްމު ފުޅާކޮށް، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް ފައްޓަވާފައެވެ.

2018 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދަނީ ޤައުމީ ތާރީޚުގެ ދުވަސް ފާހަގަކުރަމުންނެވެ. މިފަދަ ދުވަހެއް ފާހަގަކުރަނީ، ތާރީޚާއި ސަޤާފަތާއި، އާދަކާދަތަކަށް ލޯބި ކުރާ މުޖުތަމަޢެއް އުފައްދާ ދިވެހި ތާރީޚު ކުރިއަރުވާ ދެމެހެއްޓުމަށެވެ. ހަމައެއާއެކު ޤައުމީ އަބުޠާލުންގެ ޒިކުރާ އައުކުރުމާ އެބޭފުޅުންގެ ޚިދުމަތުގެ ޒިކުރާ އައު ކުރުމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450