Ads by Stelco

ޚަބަރު

ސަރުކާރުގެ ރޯދަ ހަދިޔާ: މިރޭގެ ނިޔަލަށް ހުރިހާ މަސްކޭހެއް ބަހާ ނިންމަނީ

ސަރުކާރުގެ ރޯދަ ހަދިޔާ: މިރޭގެ ނިޔަލަށް ހުރިހާ މަސްކޭހެއް ބަހާ ނިންމަނީ

ރޯދަހަދިޔާ މަސްދަޅު ކޭސް ބަހާ މަރުކަޒެއް. ފޮޓޯ: ފަރުދުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ފެބްރުއަރީ 2026، 11:43

11 ފެބްރުއަރީ 2026، 11:43

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ރައްޔިތުންނަށް ބަހާ މަސްދަޅު ކޭސްތައް ބެހުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިރޭ 23:00 އަށް ނިންމާލާނެ ކަމަށް ސިޓީތަކާއި އިދާރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިއީ ރަމަޟާން މަހާ ގުޅިގެން ސަރުކާރުން ގޭބިސީތަކަށް ފޯރުކޮށްދޭ ޚާއްޞަ އެހީއެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސިޓީތަކާއި އިދާރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޔޫސުފް އަބްދުލް ޣަފޫރް ވިދާޅުވީ، މަސްދަޅުތައް ބެހުމުގެ ކަންކަން ކުރިއަށްދިޔައީ ވަރަށް އަމާންކަމާއެކު ކަމަށެވެ. އަދި މިހާތަނަށް އެއްވެސް މައްސަލައެއް ދިމާވެގެން ރިޕޯޓްކޮށްފައި ނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަތޮޅުތެރޭގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ، "އަތޮޅުތެރެއަށް ބެހުމަށް ފޮނުވަން ހުރި ހުރިހާ މަސްދަޅުކޭސް ތަކެއް މިހާރު ވަނީ ފޮނުވާ ނިމިފައި. މަދު ރަށެއްގައި ފިޔަވާ ހުރިހާ ގޭބިސީއަކަށް މިހާރު ވާނީ މަސްދަޅު ކޭސްތައް ހަވާލުކުރެވިފައި." ކަމަށެވެ. އަތޮޅުތެރެއަށް މަސްދަޅުކޭސް ބެހުމުގައި ކުދިކުދި ލޮޖިސްޓިކް މައްސަލަތަކެއް ކުރިމަތިވި ނަމަވެސް، އެކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ 15 ތަނެއްގައި މަސްދަޅުކޭސް ބެހުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވި ގޮތުގައި ރެޔާ ހަމަޔަށް 43,923 ގޭބިސީއަކަށް ވަނީ މަސްދަޅު ކޭސް ދޫކޮށްފައެވެ.

މިރޭގެ އެންމެ ފަހުވަގުތާ ހަމަޔަށް ވެސް މަސްދަޅުކޭސް ނުލިބޭ ފަރާތްތަކަށް އެ ތަކެތި ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ. ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބެހުމުގެ މި ބޮޑު މަސައްކަތް މާލޭ ސަރަޙައްދުގައި ފަށާފައިވަނީ މިދިޔަމަހުގެ 24 ވަނަ ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450