ކުޅިވަރު

މިދިޔަ އަހަރުގެ އެންމެ މޮޅު ކުރިކެޓު ކުޅުންތެރިޔާގެ މަޤާމު ރިޒާންއަށް

މިދިޔަ އަހަރުގެ އެންމެ މޮޅު ކުރިކެޓު ކުޅުންތެރިޔާގެ މަޤާމު ރިޒާންއަށް

މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ މޮޅު އުކުންތެރިއަކަށް ހޮވުނު އިބްރާޙިމް ރިޒާން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 ފެބްރުއަރީ 2026، 09:30

10 ފެބްރުއަރީ 2026، 09:30

ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް (ސީބީއެމް)އިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަޤާމު އިބްރާޙިމް ރިޒާން ހޯދައިފިއެވެ. 

މިކަން އިޢުލާންކޮށް، މޮޅު ކުޅުންތެރިޔާގެ އެވޯޑު ރިޒާންއާ ހަވާލުކޮށްފައިވަނީ، ކްރިކެޓް ކުޅުންތެރިންގެ މަސައްކަތާއި ކްރިކެޓަށް އެކި ގޮތްގޮތުން އެހީތެރިވާ ފަރާތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބޭއްވި ސީބީއެމްގެ ކްރިކެޓް ނައިޓްގައެވެ. 

ހޮނިހިރު ދުވަހުގެރޭ ކުޅެވަރުއެކުވެނީގައި ބޭއްވި މި އިވެންޓުގައި، މިދިޔަ އަހަރުގެ އެންމެ މޮޅު އުކުންތެރިއަކަށް (ބޯލަރަކަށް) ވެސް ހޮވާފައި ވަނީ ރިޒާންއެވެ. 

އެ ހަފްލާގައި ކްރިކެޓްގެ އެންމެ މަތީ ލެވަލްގެ ކާމިޔާބު ހޯދާ ފަރާތްތަކަށް ދެވޭ މޯލްޑިވްސް ކްރިކެޓް އެވޯޑްސް 4 ކުޅުންތެރިއަކަށާއި ކްލަބަކަށް ވަނީ ދީފަ އެވެ. މި އިނާމްތަށް ދިނުމުގައި ބަލާފައިވަނި ކުޅުންތެރިން ރާއްޖޭގައި ކުޅެފައިވާ 10 އޯވަރުން މަތީ ގެ ރަސްމީ ހާޑްބޯލް މުބާރާތްތަކާއި ބައިނަލްއަގުވާމީ މެޗުތަކުގެ ނަތީޖާތަކަށް ބެލުމަށް ފަހު، އެންމެ މަތިން މާކްސް ހޯދާ ކުޅުންތެރިންނަށާއި ރާއްޖޭގައި ކުޅެވޭ ރަސްމީ މުބާރާތްތަކުން އެންމެ ކާމިޔާބު ކްލަބަކަށެވެ.

އެ ހަފްލާގައި އިޢުލާންކުރި އެހެން މަޤާމުތަކަށް ބަލާލާއިރު، މިދިޔަ އަހަރުގެ އެންމެ މޮޅު ބޭރުގެ ކުޅުންތެރިއަކަށް ހޮވުނީ ތާރަކަ ރުވާންއެވެ. އެންމެ މޮޅު ބެޓްސްމަނަކީ މުޙައްމަދު ރިޝްވާންއެވެ. އަދި އެންމެ މޮޅު ކްލަބަކަށް ހޮވުނީ ސީބީއެލް ސްޕޯޓްސްއެވެ.

ސީބީއެމް ނައިޓުގައި ޖޫނިއާ ކްރިކެޓް ކުޅުންތެރިންނަށްވެސް ޚާއްޞަ އެވޯޑުތައް ދީފައިވެއެވެ. 

16 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިން:

  • އިބްރާހީމް އަބާން އަޒްލީފް - ރެހެންދި ސްކޫލް
  • ޝައްޔާން އަބްދުލް ގަފޫރު - ރެހެންދި ސްކޫލް
  • އަހުމަދު އަރޫޝް - ތާޖުއްދީން ސްކޫލް
  • ޖޮހާން ސޫރަޖް ލާލް - ރެހެންދި ސްކޫލް
  • ޔޫސުފް ނިހާލް އަހުމަދު - މުހިއްޔުންދީން ސްކޫލް
     

14 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިން:

  • ޔޫސުފް އިޒާން ޖިނާހް - ތާޖުއްދީން ސްކޫލް
  • ޑޭވާ ރޯޖާ ސްވިކް - ތާޖުއްދީން ސްކޫލް
  • މުހައްމަދު އާކިލް ޔާމީން - މުހިއްޔުންދީން ސްކޫލް
  • އަޒީން ބިން ހުސައިން - ތާޖުއްދީން ސްކޫލް
  • ޝައްޔާން އަބްދުލް ގަފޫރު - ރެހެންދި ސްކޫލް

ހުއާ ހިން ސިކްސެސް ވެޓެރަންސް މުބާރާތުގެ ރަން މެޑަލް ހޯދި ސީނިއާ ކްރިކެޓާސް ކްލަބަށް ހާއްސަ އެވޯޑު ދީފައިވާ އިރު، އެ މުބާރާތުގެ އެންމެ މޮޅު ބެޓްސްމަންއަށް ހޮވުނު އާރިފް ރިޒަށްވެސް ހާއްސަ އެވޯޑު ދީފައިވެއެވެ. އެއާއެކު ކްރިކެޓަށް ހާއްސަ ހިދުމަތްތައް ކޮށްދީފައިވާ އަމްޕަޔަރު މުހައްމަދު އާޝިފްއާއި ކޯޗު ލިރުގާމް ސައީދު (ލަރޭ)އަށްވެސް ސާވިސް އެވޯޑު ދީފައިވާ އިރު، ލ. ކުނަހަންދޫގެ ފަރާތުން ކްރިކެޓް ބޯޑާ ބާއްވާ ހާއްސަ ގާތްކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން އެރަށުގެ ކައުންސިލަށް ވަނީ ރައީސްގެ އެވޯޑު ދީފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450