ކުޅިވަރު

ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް މިއަދު ފަށަނީ

ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް މިއަދު ފަށަނީ

ޕްރެޒިޑެންޓްސް ކަޕް ޕްލޭއޮފްގައި މާޒިޔާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގައި އިބްރާޙިމް މަހުދީގެ ގޯލަކަށްފަހު އީގަލްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ / ފޮޓޯ: އަދަދު ސްޕޯޓްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 ފެބްރުއަރީ 2026، 07:00

10 ފެބްރުއަރީ 2026، 07:00

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިއަދު ހަވީރު ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ 2023ވަނަ އަހަރުގެ ފަހުން މި މުބާރާތް ކުޅޭ ފުރަތަމަ ފަހަރެވެ. 

މި އަހަރުގެ ޕްރެޒިޓެންސް ކަޕްގައި ވާދަކުރަނީ 6 ޓީމަކުންނެވެ. އެއީ ލީގުގެ ގަދަ ހަތަރެއްގައި ހިމެނުނު ޓީމުތަކާއި، ލީގުގެ 5ވަނަ އާއި 8ވަނައަށް ދިޔަ ޓީމުތަކުގެ މެދުގައި ކުޅުނު ނޮކްއައުޓް ޕްލޭ އޮފް މެޗުތައް ކާމިޔާބު ކުރި ދެ ޓީމެވެ.

އެގޮތުން ގްރޫޕް-އޭގައި ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ބުރު ސްޕޯޓްސް ކްލަބްގެ އިތުރުން ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

އަދި ގްރޫޕް-ބީގައި ހިމެނެނީ އޮޑި ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އިތުރުން ކްލަބް އީގަލްސްއެވެ.

މީގެ ތެރެއިން ވިކްޓަރީ އާއި އީގަލްސްއަކީ ޕްލޭ-އޮފް މެޗުތައް ކާމިޔާބުކޮށްގެން ގްރޫޕް ސްޓޭޖަށް ކޮލިފައިވި ދެ ޓީމެވެ. 

މުބާރާތުގެ ފުރަތަމަ މެޗުގައު މިއަދު ހަވީރު ބައްދަލުކުރާނީ މާޒިޔާ އާއި ބުރު ސްޕޯޓްސްއެވެ. ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ ހަވީރު 4 ޖަހާއިރެވެ. 

މުބާރާތުގެ ދެވަނަ މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، އެ މެޗުގައި ބައްދަލުކުރާނީ އޮޑި ސްޕޯޓްސް އާއި ނިއު ރޭޑިއަންޓެވެ. 

މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ގްރޫޕްގައި އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެކެވެ. 

މި މުބާރާތް އެންމެ ފަހުން ކާމިޔާބުކުރީ މާޒިޔާއިންނެވެ. އެއީ މާޒިޔާއިން މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450