ޚަބަރު
ސުނާމީ ބިނާ މައިޒާން ތަރައްޤީ ކުރުމުގެ މަސައްކަތަށް އެ ސަރަޙައްދުގައި ހުރި ވެހިކަލްތައް ނަގަން އަންގައިފި
ސުނާމީ ބިނާ މައިޒާން---
ފަރުދުން
09 ފެބްރުއަރީ 2026، 12:08
09 ފެބްރުއަރީ 2026، 12:08
މާލޭގެ ހުޅަނގު ދެކުނު ބަނދަރު ކަނޑިންމަގެ އެއް ފަރާތް ނުވަތަ ތިން ރުއް ޕާކު ސަރަޙައްދުގައި ހުންނަ ސުނާމީ ބިނާ މައިޒާން ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާތީ، އެ ސަރަޙައްދުގައި ހުރި ވެހިކަލްތައް ނެގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގައިފިއެވެ.
މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ސީޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، އެ ސަރަޙައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް 2026 ފެބްރުއަރީ 9 ވަނަ ދުވަހުގެ 18:00 ގެ ކުރިން ނެގުމަށް އިލްތިމާސްކޮށްފައެވެ.
މަރާމާތު ކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ފާހަގަކޮށްފައި---
ސުނާމީ ބިނާއަކީ 2004 ވަނަ އަހަރު ދެކުނު އޭޝިއާގެ ޤައުމުތަކަށް އެރި ސުނާމީ ކާރިސާގައި ނިޔާވި ދިވެހިންގެ ހަނދާނުގައި ބަހައްޓާފައިވާ ބިނާއެކެވެ. މިބިނާ ފުރަތަމަ ބަހައްޓާފައިވަނީ ލޮނުޒިޔާރަތްކޮޅުގައެވެ. އެހެންނަމަވެސް ސިނަމާލެ ބްރިޖް މަޝްރޫގެ މަސައްކަތް ކުރުމަށްޓްކައި އެ ބިނާ ތިން ރުއްޕާކު ސަރަޙައްދަށް ބަދަލުކޮށްފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.