Ads by Stelco

ޚަބަރު

ހައިވޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި 4 ދިވެއްސަކަށް އަނިޔާވެއްޖެ

ހައިވޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި 4 ދިވެއްސަކަށް އަނިޔާވެއްޖެ

އެކްސިޑެންޓް/ފޮޓޯ: ވޮއިސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 ފެބްރުއަރީ 2026، 12:06

09 ފެބްރުއަރީ 2026، 12:06

ހައިވޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި 4 ދިވެއްސަކަށް އަނިޔާވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭ ދަންވަރު 12:45 ހާއިރު ކަމަށެވެ. އަދި އެކްސިޑެންޓް ހިނގާފައި ވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭގައި ކާރު ލޭނުގައި މަޑުކޮށްގެން އޮތް ކާރެއްގައި، ފަހަތުން އައި ކާރެއް ޖެހިގެންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ހަމަ އެއާއެކު، އެވަގުތު ކާރު ކޮންޓްރޯލުން ނެއްޓި ސައިކަލު ލޭނަށް އަރާ، ދަތުރުކުރަމުންދިޔަ އިތުރު 4 ސައިކަލުގައިވެސް ޖެހިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި އެކްސިޑެންޓުގައި 4 މީހަކަށް އަނިޔާވެފައިވާއިރު، އެއީ 4 ދިވެހި ފިރިހެނުން ކަމަށެވެ. އަދި އެމީހުންގެ ތެރެއިން ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާއިރު، އަނެއް ދެމީހުންގެ ހާލުވެސް ރަނގަޅުވަމުން އަންނަކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ އުޅަނދުތަކަށް އެކި ވަރުގެ ގެއްލުންތައް ވެފައިވާއިރު، މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450