Ads by Stelco

ޚަބަރު

ރާއްޖޭގެ ތާރީޚުގައި އަލަށް ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް 27 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޖަމާކޮށްފަައި: ރައީސް

ރާއްޖޭގެ ތާރީޚުގައި އަލަށް ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް 27 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޖަމާކޮށްފަައި: ރައީސް

ރައީސް، ރިޔާސީ ބަޔާން އިއްވުން/ފޮޓޯ: މަޖިލިސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 ފެބްރުއަރީ 2026، 10:55

09 ފެބްރުއަރީ 2026، 10:55

ރާއްޖޭގެ ތާރީޚުގައި އަލަށް ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް 27 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މިހިނގާ 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް، މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު އޮތް މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ، ޤައުމުގައި ހަމަޖެހުން ޤާއިމްވެގެން ދިއުމުގައާއި، ތަރައްޤީގެ ދުވެލި ރައްޔިތުންނަށް ހާމަކޮށްދިނުމުގައި، އަދި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގައި، ހަރުދަނާ މީޑިއާއެއް ޤައުމުގައި ޤާއިމުވެފައި އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. މިގޮތުން، ރާއްޖޭގެ ތާރީޚުގައި އަލަށް، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ 40 މީޑިއާއަކަށް 27 މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާރު ޖަމާކޮށްދީފައިވާ ކަމަށެވެ.

ސައްތައިންސައްތަ އިސްލާމީ މުޖުތަމަޢެއްގައި ހިފަހައްޓަން ޖެހޭނޭ މިންގަނޑުތައް އަބަދުމެ ހިފަހައްޓަމުން، ފަސް ކާފު ހަމަ، ތެދު ޚަބަރާއި، މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭ، ޒިންމާދާރު މީޑިޔާއެއް އޮތުމަކީ ރައްޔިތުންގެ ޙައްޤެއް. އެހެންކަމުން، މި ސަރުކާރުން ރައްޔިތުންގެ މި މުހިންމު ޙައްޤު ކަށަވަރުކޮށްދިނުމުގައި ސާބިތުވެ ދެމިއޮންނާނަން.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މީޑިއާތަކުން އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުން ބޮޑު ކުލީގައި އޮފީހާއި ސްޓޫޑިޔޯ ޖާގަ ކުއްޔަށް ނަގަން މަޖުބޫރުވެފައިވާތީ، މާލީގޮތުން ކުރިމަތިލާން ޖެހިފައި އޮންނަ މި ދަތި ހާލަތުން އަރައިގަނެ، ލިބޭ އާމްދަނީން މީޑިޔާ އިތުރަށް ތަރައްޤީކޮށް ކުރިއަރައިގެން ދިޔުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ވަރަށް ކުޑަ އަގެއްގައި ކުއްޔަށް ނެގޭނެ އޮފީސް އަދި ސްޓޫޑިޔޯ ޖާގަ ހިމެނޭ މީޑިޔާ ވިލެޖުގެ މަސައްކަތް ވަރަށް ހަލުއި ދުވެލީގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން، ހުޅުމާލޭ ފޭސް 1 ގައި ހަދަމުންދާ މީޑިޔާ ވިލެޖުގައި 34 ޖާގަ ހިމެނޭ ކަމަށާއި، މިތަން ނިމި މީޑިއާތަކަށް ބޭނުންހިފުމުގެ ފުރުޞަތު މި އަހަރުގެ މެދުތެރޭގައި ހުޅުވާލާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މީޑިއާއާ މަޢުލޫމާތު ޙިއްޞާ ކުރުމުގައިވެސް، މި ސަރުކާރުން މީޑިއާއާ ގާތުން މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަންދެއްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ހަރަކާތްތައް ހިއްސާކުރައްވައި، ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ނިމިދިޔަ އަހަރު ރާއްޖެއާއި ބޭރުގެ މީޑީއާތައް ހިމެނޭގޮތަށް، 424 ފަހަރު ސީދާ ވަޒީރުން އެކި މީޑިއާތަކަށް މަޢުލޫމާތާއި އިންޓަރވިއު ދެއްވަން ވަޑައިގެންފައިވާ ކަމަށެވެ.

ހަމަ އެއާއެކު، 493 ފަހަރު ވުޒާރާތަކުގެ އެކިއެކި އިސްވެރިން ރައްޔިތުންނަށް ބޭނުންވާ އެކިއެކި މުހިންމު މަޢުލޫމާތު މީޑިއާގެ ޒަރީއާއިން ޙިއްޞާ ކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450