ޚަބަރު
މާލޭ ހިޔާގެ ފަސްވަނަ ބުރިން ވެއްޓުނު މީހާ ވެންޓިލޭޓަރުގައި
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް---
މާލޭ ހިޔާގެ ފަސްވަނަ ބުރިން ހުކުރު ދުވަހު ވެއްޓުނު މީހާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައިކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން މިއަދު ހާމަކޮށްފިއެވެ.
ހުކުރު ދުވަހުގެ ހެނދުނު ހިނގި މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ހެނދުނު 6:50 ހާއިރުއެވެ.
މި ހާދިސާ ހިނގި ސަބަބެއް އޮޅުންފިލާފައި ނުވާއިރު، އެ މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެއެވެ.
އެ މީހާއަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެއެވެ. އެ މީހާ ސްޓްރެޗާރއަށް ލައިގެން ގެންދާއިރު، ބޮލުގަ އާއި އަތުގައި ވެސް ބެންޑޭޖް އަޅާފައިވާ ތަން އެ ވީޑިއޯއިން ފެނެއެވެ.