Ads by Stelco

ޚަބަރު

މިއަހަރުގެ ޙައްޖުގެ އިންތިޒާމުތައް %100 ފުރިހަމަކުރި 8 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ

މިއަހަރުގެ ޙައްޖުގެ އިންތިޒާމުތައް %100 ފުރިހަމަކުރި 8 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ

މައްކާ ރުޓް އިނީޝިއޭޓިވް ފެށުން ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 ފެބްރުއަރީ 2026، 10:09

05 ފެބްރުއަރީ 2026، 10:09

މިއަހަރުގެ ޙައްޖުގެ އަޅުކަމާ ގުޅޭ ހުރިހާ އިންތިޒާމުތަކެއް ސަޢުދީ ޢަރަބިއްޔާގައި %100 ފުރިހަމަކުރި 8 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ރިޔާސީ ބަޔާނުގައެވެ. ރައީސް ވިދާޅުވި ގޮތުގައި، މައްކާއާއި މަދީނާގައި ޙައްޖުވެރިން ތިބުމުގެ އިންތިޒާމުތަކާއި، ޙައްޖުގެ އަޅުކަމާ ގުޅުންހުރި އެހެނިހެން ހުރިހާ ކަމެއް ރާއްޖެއިން މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

ޙައްޖުވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަކީ މި ސަރުކާރުން މިދިޔަ އަހަރުން ފެށިގެން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. މީގެ ކުރިން ޙައްޖާޖީންނަށް މައްކާއާއި މަދީނާގައި ދިމާވަމުންދިޔަ ތަކުލީފުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ކުރިން ކުރިމަތިވި ވޭނާއި ދަތިތައް ނައްތާލުމަށް ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

މިގޮތުން، ސަޢުދީ ޢަރަބިއްޔާއިން ތަޢާރަފްކޮށްފައިވާ "މައްކާ ރޫޓް އިނީޝިއޭޓިވް" ގެ ދާއިމީ މެންބަރުކަން ލިބުނު 8 ވަނަ ޤައުމަކަށް ރާއްޖެ ވެގެންގޮސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިއީ ދިވެހި ޙައްޖާޖީންނަށް ރާއްޖޭގެ ތާރީޚުގައިވެސް ލިބިފައިނުވާ ފަދަ ބޮޑު ލުއިފަސޭހައެއް ކަމަށާއި، މީގެ ސަބަބުން ދަތުރުފަތުރާއި އިމިގްރޭޝަންގެ ކަންކަމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450