Ads by Stelco

ޚަބަރު

ސީޕީއޭގެ ސަރަޙައްދީ ކޮންފަރެންސަށް މަޖިލީހުގެ ނައިބުރައީސް ޕާކިސްތާނަށް ފުރާވަޑައިގެންފި

ސީޕީއޭގެ ސަރަޙައްދީ ކޮންފަރެންސަށް މަޖިލީހުގެ ނައިބުރައީސް ޕާކިސްތާނަށް ފުރާވަޑައިގެންފި

މަޖިލިީހުގެ ނައިބު ރައީސް ނާޡިމް. ފޮޓޯ: މަޖިލިސް އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ފެބްރުއަރީ 2026، 03:40

03 ފެބްރުއަރީ 2026، 03:40

7 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ)ގެ އޭޝިއާ ރީޖަނަލް ކޮންފަރެންސް އަދި 2 ވަނަ ސީޕީއޭ އޭޝިއާއާއި ސައުތު އީސްޓް އޭޝިއާ ރީޖަނަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ޕާކިސްތާނުގެ ކަރާޗީއަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގެ ތެރެއިން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރީޖަނަލް އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި، ސީ.ޕީ.އޭ އޭޝިއާ ސަރަޙައްދުގެ ރިޔާސަތު ރަސްމީކޮށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހާ ޙަވާލުކުރާނެއެވެ. މި ރިޔާސަތު މަޖިލީހާ ޙަވާލުކުރާނީ، 68 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސުން ފެށިގެން 71 ވަނަ ކޮންފަރެންސާ ހަމައަށެވެ.

ޕާކިސްތާނުގެ ސިންދު ޕްރޮވިންޝަލް އެސެމްބްލީން އިންތިޒާމު ކޮށްގެން ބާއްވާ މި ކޮންފަރެންސްގެ މިއަހަރުގެ ޝިޢާރަކީ، "މުސްތަޤުބަލުގެ ޕާލިމެންޓުތައް: އިތުބާރާއި، ޝާމިލުވުމާއި، އައު އީޖާދުތަކާއި ސުލްޙައިގެ ތެރެއިން ޑިމޮކްރަސީ އަލުން ބައްޓަންކުރުން" އެވެ. މި ބައްދަލުވުންތަކުގައި ސަރަޙައްދީ ޤައުމުތަކުގެ މެދުގައި ބަރުލަމާނީ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިމަހުގެ 3 އިން 7 އަށް ކުރައްވާ މި ދަތުރުފުޅުގައި މަޖިލީހުގެ ނައިބު ރައީސްގެ އަރިހުގައި، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރިޔާޟް އަދި މަޖިލީހުގެ އިދާރާގެ ސީނިއަރ ފޮރިން ރިލޭޝަންސް އޮފިސަރ، ޢާއިޝަތު އީމާން ބައިވެރިވެވަޑައިގަންނަވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450