Ads by Stelco

ޚަބަރު

ފޭސް-3 ގެ މާސްޓަރ ޕްލޭނަށް އައި ބަދަލާ ގުޅިގެން ޕްލޮޓު ބަދަލުވި ފަރާތްތަކުގެ ގޯތީގެ ރެޖިސްޓްރީ ދޫކުރަން ފަށައިފި

ފޭސް-3 ގެ މާސްޓަރ ޕްލޭނަށް އައި ބަދަލާ ގުޅިގެން ޕްލޮޓު ބަދަލުވި ފަރާތްތަކުގެ ގޯތީގެ ރެޖިސްޓްރީ ދޫކުރަން ފަށައިފި

ހުޅުމާލެ ފޭސް-3 ހިއްކާފައި / ފޮޓޯ: އެމްއޭސީއެލް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

03 ފެބްރުއަރީ 2026، 11:26

03 ފެބްރުއަރީ 2026، 11:26

ހުޅުމާލެ 3ވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނަށް އައި ބަދަލާ ގުޅިގެން ޕްލޮޓު ބަދަލުވި ފަރާތްތަކުގެ ގޯތީގެ ރެޖިސްޓްރީ ދޫކުރަން ފަށައިފިއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމާއި ގޯތީގެ ރަޖިސްޓަރީ ބަލައިގަތުމަށް ރެޖިސްޓްރީވުމުގެ ފުރުސަތު "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ހުޅުވާލާފައިވާކަމަށެވެ. 

ރެޖިސްޓްރީވުމުގެ މުއްދަތު މާރިޗު 15ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު، އެޕޮއިންޓްމެންޓަށް އެދޭ ފަރާތްތަކަށް ބަންޑާރަ ގޯތީގެ ރަޖިސްޓަރީއާއި ބަންޑާރަ ގޯތީގެ އެއްބަސްވުމާއި ހަވާލުވުމަށް ހާޒިރުވާންޖެހޭ ގަޑިއާއި ތަން އެސްއެމްއެސްގެ ޒަރީއާއިން އަންގާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހިން ފުރަތަމަ ޕްލޮޓް ކަނޑައެޅީ، އަސާސީ ބޭނުންތަކަށް ބޭނުންވާ ބިންތައް އެންމެ އެކަށީގެންވާ ގޮތުގައި ކަނޑައެޅުމެއް ނެތިއެވެ. ހުޅުމާލޭގެ މާސްޓަރ ޕްލޭން އަލުން އެކުލަވާލިއިރު، ގޯތި ކަނޑާ ބިމުގެ ސަރަޙައްދަށް ބައެއް ބަދަލުތައް ވަނީ އައިސްފައެވެ.

މާސްޓަރ ޕްލޭނަށް އައި ބަދަލާ ގުޅިގެން އައު ޕްލޮޓުތައް ކަނޑައެޅުމަށް ގުރުއަތުނަގާފައިވަނީ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

ގޯތި ދޫކުރާ ސަރަޙައްދުގެ ބިން ހިއްކުމުގެ މަސައްކަތްތައް ހުސްވި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހު ވަނީ ނިންމާފައެވެ. ހުޅުމާލެ 3ވަނަ ފިޔަވަހީގެ ގޮތުގައި 63 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450