ކުޅިވަރު

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތް މިއަންނަ ހަފްތާގައި ފަށަނީ

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތް މިއަންނަ ހަފްތާގައި ފަށަނީ

އެންމެ ފަހުން ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ތެރެއިން / ފޮޓޯ: ސަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

03 ފެބްރުއަރީ 2026، 07:08

03 ފެބްރުއަރީ 2026، 07:08

ދިވެހި ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެއް މުބާރާތް ކަމުގައިވާ، ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕް މިއަންނަ ހަފްތާގައި ފެށުމަށް ނިންމާފައިވާއިރު، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އެ މުބާރާތުގެ ތާވަލު މީޑިއާތަކާ ޚިއްޞާކޮށްފިއެވެ.

ޕްރެޒިޓެންޑްސް ކަޕްގެ ފުރަތަމަ މެޗު މި މަހުގެ 10ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތް ކުރިޔަށް ދާނީ ދެ ގްރޫޕަކަށް ބަހާލައިގެން 6 ޓީމުގެ މެދުގައެވެ.

ލީގުގެ ގަދަ 4ގައި ހިމެނޭ ޓީމުތަކަށް ޕްރެޒިޑެންޓްސް ކަޕްގެ ޖާގަ ކަށަވަރުވެފައިވާއިރު، މުބާރާތުގެ ފަހު 2 ޖާގަ ލިބޭނީ ޕްލޭ-އޮފް މެޗުތަކަކަށް ފަހުއެވެ.

އެގޮތުން ޕްލޭ-އޮފްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދިވެހި ޕްރިމިއަރ ލީގުގެ 5ވަނަ ޓީމާއި 8ވަނަ ޓީމެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ލީގުގެ 6ވަނަ އާއި 7ވަނަ ޓީމެވެ. ޕްލޭ-އޮފް މެޗު ކާމިޔާބުކުރާ ދެ ޓީމަށް ޕްރެޒިޑެންޓްސް ކަޕުން ޖާގަ ލިބޭނެއެވެ. 

ލީގުގެ ގަދަ ހަތަރު ޓީމު މިހާރު ވަނީ ޔަޤީންވެފައެވެ. އެހެންކަމުން އެ ހަތަރު ޓީމު ވެސް ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވެފައެވެ. އެއީ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އޮޑި ސްޕޯޓްސް ކްލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އަދި ބުރު ސްޕޯޓްސް ކްލަބެވެ. 

އަދި ޕްލޭ-އޮފްގެ ޖާގަތައް މިހާރު ކަށަވަރުކޮށްފައި ވަނީ ކްލަބް އީގަލްސް، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި ޓީސީ ސްޕޯޓްސް ކްލަބެވެ. ޕްލޭ-އޮފްގެ ފަހު ޖާގައަށް ވާދަކުރަނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް ވެލެންސިއާއެވެ. ނަމަވެސް ލީގުގެ ފަހު މެޗަށް ނިކުންނައިރު 3 ޕޮއިންޓުގެ ލީޑެއް ގްރީން ސްޓްރީޓްސްއަށް އޮތުމުން، މި ޖާގަ ހޯދުމުގެ އަމިއްލަ ބާރެއް ވެލެންސިއާގެ ނެތެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ޕްލޭ-އޮފް މެޗުތައް މި މަހުގެ 8ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ފައިނަލް ކުޅޭނީ މި މަހު 24ވަނަ ދުވަހުގެ ރެއެވެ.

ޕްރެޒިޑެންޓްސް ކަޕަށް ކުރިމަތިލާއިރު، މިހާރު ދިވެހި ފުޓުބޯޅައިގެ ރަސްކަން ކުރަމުން ދަނީ މާޒިޔާއެވެ. އެ ޓީމުން ވަނީ، މި ސީޒަން ހިމެނޭހެން ޖެހިޖެހިގެން 5 ސީޒަނުގައި ދިވެހި ލީގު ކާމިޔާބުކޮށްފައެވެ. އަދި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބުކޮށްފައި ވެއެވެ. އެއީ 2015ވަނަ އަހަރާއި 2023ވަނަ އަހަރެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450