ކުޅިވަރު

އިތުރު ވަގުތު ސެސްކޯ ކާމިޔާބުކުރި ގޯލުން ޔުނައިޓެޑާއެކު ކެރިކްގެ ރެކޯޑު ދަމަހައްޓައިފި

އިތުރު ވަގުތު ސެސްކޯ ކާމިޔާބުކުރި ގޯލުން ޔުނައިޓެޑާއެކު ކެރިކްގެ ރެކޯޑު ދަމަހައްޓައިފި

ޔުނައިޓެޑުގެ ފަހު ގޯލު ކާމިޔާބުކުރުމަށްފަހު ސެސްކާއާއެކު އެހެން ކުޅުންތެރިން އުފާފާޅުކުރަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 ފެބްރުއަރީ 2026، 07:14

02 ފެބްރުއަރީ 2026، 07:14

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުގެ ބެންޖަމިން ސެސްކޯ އިތުރު ވަގުތު ކާމިޔާބު ގޯލާއެކު، އެ ޓީމާއި ވަގުތީ ގޮތުން ހަވާލުވި މައިކަލް ކެރިކް ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑަށް އަނެއްކާވެސް ދިރުން ގެނަސްދީފިއެވެ.

މެންޗެސްޓަރގެ އޯލްޑް ޓްރެފޯޑުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މި މެޗުން ޔުނައިޓެޑު މޮޅުވީ 3-2އިންނެވެ.

މި މެޗުގައި ޔުނއިޓެޑުން ލީޑު ނެގީ 19ވަނަ މިނެޓުގައި ކެސަމީރޯ ބޮލުން ކާމިޔާބުކުރި ގޯލަކުންނެވެ. އަދި ދެވަނަ ހާފުގެ 9ވަނަ މިނެޓުގައި މެތިއުޒް ކޫނާ އިތުރު ގޯލެއް ޖަހައި ޔުނައިޓެޑަށް ލީޑު ފުޅާކޮށްދީފައި ވަނިކޮށް އެ ޓީމަށް ހާސްކަން ގެނުވީ މެޗުގެ ފަހު 5 މިނެޓުގައެވެ. 

އެގޮތުން ފުލަމްއަށް ލިބުނު ޕެނަލްޓީއަކުން ރައުލް ހިމެނޭޒް 85ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކުރިއިރު، އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކެވިން ވަނީ ދުރުން ކާމިޔާބުކުރި ރީތި ގޯލަކުން ފުލަމްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. 

ނަމަވެސް މެޗު އެ ހިސާބަކުން ނިމުނީއެއް ނޫނެވެ. އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ފަހިކޮށްދިން ފުރުސަތެއްގައި ސެސްކޯ ވަނީ ގޯލުގެ މަތީކަނަށް ބޯޅަ ފޮނުވާލައި، ވަގުތީ ގޮތުން ޔުނައިޓެޑާ ހަވާލުވުމަށްފަހު ކެރިކް ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑު އިތުރަށް ދަންމާލާފައެވެ.

ޔުނައިޓެޑާ ވަގުތީ ގޮތުން ހަވާލުވިފަހުން ކެރިކްއަށް ކުރިމަތިވީ އުނދަގޫ އިމްތިހާނު ތަކެކެވެ. ނަމަވެސް މިހާތަނަށް އޭނާގެ ޓެކްޓިކްސްތައް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ފުރަތަމަ މެޗުގައި މެންޗެސްޓަރ ސިޓީ 2-0އިން ބަލިކުރުމަށްފަހު ދެވަނަ މެޗު އާސެނަލްއާ ދެކޮޅަށް ކާމިޔާބުކުރީ 3-2އިންނެވެ. އަދި އެއަށްފަހު ފުލަމްއާ ދެކޮޅަށް ކުޅުނު މެޗު ވެސް ކާމިޔާބުކޮށް ޔުނައިޓެޑު މިހާރު ވަނީ ލީގުގެ ހަތަރުވަނައަށް އަރާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450