ކުޅިވަރު

އޮސްޓްރޭލިއަން އޯޕަން: ސަބަލެންކާ ބަލިކޮށް ރައިބަކީނާ އޭނާގެ ކެރިއަރުގެ ދެވަނަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފި

އޮސްޓްރޭލިއަން އޯޕަން: ސަބަލެންކާ ބަލިކޮށް ރައިބަކީނާ އޭނާގެ ކެރިއަރުގެ ދެވަނަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފި

އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރި ރައިބަކީނާ ތަށު ހިފައިގެން / ފޮޓޯ: އޭޕީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

01 ފެބްރުއަރީ 2026، 08:30

01 ފެބްރުއަރީ 2026، 08:30

އޮސްޓްރޭލިއަން އޯފަންގައި ދުނިޔޭގެ އެއްވަނައަށް ސީޑުކޮށްފައިވާ އެރީނާ ސަބަލެންކާ ބަލިކުރުމަށްފަހު އެލީނާ ރައިބަކީނާ އޭނާގެ ކެރިއަރުގެ ދެވަނަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފިއެވެ. 

ރަޝިއާގެ މޮސްކޯއަށް އުފަން ނަމަވެސް އުމުރުން 19 އަހަރުގައި ކަޒަކިސްތާނުގެ ރައްޔިތުކަން ހޯދި އުމުރުން 26 އަހަރުގެ ރައިބަކީނާ ފައިނަލް ކާމިޔާބުކުރީ 2-1 ސެޓުންނެވެ. 

މެޗުގެ ފުރަތަމަ ސެޓު 6-4 ގޭމުން ކާމިޔާބުކުރި ރައިބަކީނާއެވެ. ނަމަވެސް ދެވަނަ ސެޓު 4-6 ގޭމުން ސަބަލެންކާ ކާމިޔާބުކޮށްފައި ވަނިކޮށް، ފަހު ސެޓު އަނެއްކާވެސް 6-4 ގޭމުން ކާމިޔާބުކޮށް، ގިނަ އަޑިގުޑަންތަކަކާއެކު މިދިޔަ އަހަރު ނިންމާލި ރައިބަކީނާ މިވަނީ ދުނިޔޭގެ އެންމެ އުހަށް ޖެހިލާފައެވެ.

މީގެ 3 އަހަރު ކުރިން 2023ގައި ވެސް މި ދެ ކުޅުންތެރިން ވަނީ އޮސްޓްރޭލިއަން އޯޕަންގެ ފައިނަލް ކުޅެފައެވެ. ނަމަވެސް އެ މެޗު 2-1 ސެޓުން ކާމިޔާބުކުރީ ސަބަލެންކާއެވެ. 

މެޗަށްފަހު ވާހަކަ ދައްކަމުން ރައިބަކީނާ ބުނީ، މިއީ ސީޒަންގެ ކުރިއަށް އޮތް މުބާރާތްތަކަށް އޭނާއަށް ލިބުނު ބޮޑު ހިތްވަރެއް ކަމުގައެވެ. 

މި މެޗާ ހަމައަށް އައިއިރު އޭނާއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ގްރޭންޑް ސްލޭމްއަކީ 2022 ވަނަ އަހަރުގެ ވިމްބަލްޑަންއެވެ. އޭގެ ފަހުން ޖެހިގެން އައި އަހަރު އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުގައި ކުޅުނު ފަހުން، އޭނާ ހޭދަކުރީ އުނދަގޫ ދުވަސްތަކެކެވެ. އެއީ އޭނާގެ ކޯޗު ސަސްޕެންޑު ކުރުމާ ވެސް ގުޅިގެންނެވެ.

އަހަރެންނަށް އަލުން މި ފެންވަރުގައި އަދި ކުޅެވޭނެ ކަމަށް އަހަރެން އައީ އަބަދުވެސް ގަބޫލު ކުރަމުން، އެއީ އަޑިގަނޑުތަކާ އުސްގަނޑުތައް އަންނާނެ ކަމަށް ގަބޫލު ކުރަމުން.

މެޗަށް ފަހު ރައިބަކީނާ ބުންޏެވެ.

މި މެޗުން ބަލިވި ސަބަލެންކާއަށް މިދިޔަ ސީޒަންގެ ފައިނަލުގައި ވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. މިދިޔަ އަހަރު މެޑިސަން ކީސް ވަނީ ފައިނަލުގައި އޭނާ ބަލިކޮށްފައެވެ. 

ސަބަލެންކާ ވަނީ ޖެހިޖެހިގެން ދެ ފަހަރަށް އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުން ބަލިވެފައި / ފޮޓޯ: އޭޕީ

މެޗަށްފަހު ވާހަކަ ދައްކަމުން ސަބަލެންކާ ބުނީ، ރައިބަކީނާ މޮޅު ކުޅުމެއް ދެއްކިއިރު، އޭނާއަށް މެޗުގައި ގޯސްތަކެއް ހެދުނު ކަމަށެވެ. އަދި މިއީ އޭނާއަށް ކާމިޔާބު މުބާރާތަކަށް ނުވިނަމަވެސް، ދެން އަންނަ މުބާރާތްތަކާ ދޭތެރޭ އުއްމީދު އޮތްކަމަށް ވަނީ ބުނެފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450