Ads by Stelco

ޚަބަރު

ޢުމްރާއަށް ދިޔަ ދިވެއްސެއްގެ ޙާލު ދެރަވެގެން ރާއްޖެ ގެންނަން ނިންމައިފި

ޢުމްރާއަށް ދިޔަ ދިވެއްސެއްގެ ޙާލު ދެރަވެގެން ރާއްޖެ ގެންނަން ނިންމައިފި

އުމްރާއަށް ގޮސްފައިވާ ދިވެހިންތަކެއް---

farudhun logo

ފަރުދުން

06 ޖެނުއަރީ 2026، 10:13

06 ޖެނުއަރީ 2026، 10:13

ޢުމްރާގެ އަޅުކަމަށް ސަޢުދީ އަރަބިއްޔާއަށް ދިޔަ ދިވެއްސެއްގެ ޙާލު ދެރަވެގެން ރާއްޖެ ގެނައުމަށް ނިންމަވާފައިވާކަމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ސައުދީއަށް ގޮސްފައިވާ ދިވެހީންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ބަލި މީހެއް ރާއްޖެ ގެނައުމުގެ މަސައްކަތް ޢާއިލާއިން ކުރަމުން އަންނަ ކަމަށެވެ.

"އިންޝާ ﷲ ބަލިމީހާ މި މަހު 10 ގައި މާލެ ގެނެވޭނެ. މިކަމުގައި މޯލްޑިވިއަންނާއި އައިޖީއެމްއެޗުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން،" އެޑްމިޓްކޮށްފައިވާ މީހާ ރާއްޖެ ގެނައުމާ ގުޅޭގޮތުން ޝަހީމް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި ޗުއްޓީގައި 7،000 އަށްވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަމަށް މިހާތަނަށް ގޮސްފައިވާ ކަމަށާއި، އެ އެންމެންގެ ހާލު ވެސް ޖުމްލަކޮށް ރަނގަޅު ކަމަށެވެ. 

މި ސްކޫލް ޗުއްޓީގައި ޖުމްލަ 7،726 މީހުން އުމްރާއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން، އަލްމަނާސިކްގެ ހަވާލުގައި އުމްރާއަށް ދިޔަ 62 އަހަރުގެ މީހަކު މިދިޔަ ބުދަ ދުވަހު ވަނީ ނިޔާވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450