Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެފްއޭއެމް ވިމެންސް ލީގު ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެފްއޭއެމް ވިމެންސް ލީގު ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެފްއޭއެމް ވިމެންސް ލީގު ޝަރަފުވެރިކޮށްދެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

23 ޑިސެމްބަރު 2025، 09:31

23 ޑިސެމްބަރު 2025، 09:31

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އެފްއޭއެމް ވިމެންސް ލީގު 2025ގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވައިފިއެވެ. 

ރަސްމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އޮޑި ސްޕޯޓްސް ކްލަބެވެ. މި މެޗު 2-0އިން ކާމިޔާބުކޮށް، ލީޣު ކާމިޔާބުކުރީ މާޒިޔާއިންނެވެ.

މެޗު ބައްލަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޗެމްޕިއަންޓީމަށާއި މުބާރާތުގައި ފާހަގަކޮށްލެވޭ އެކި ކާމިޔާބީތައް ހާސިލްކުރި ކުޅުންތެރިންނާއި ޓީމުތަކަށް ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ.

އެފްއޭއެމް އިން އަންހެނުންގެ ލީގު މި ބޭއްވީ 10 އަހަރު ފަހުންނެވެ. އެންމެ ފަހުން އަންހެނުންނަށް ޙާއްޞަ ފުޓުބޯޅަ މުބާރާތެއް ބާއްވާފައި ވަނީ 2014 ވަނަ އަހަރެވެ. އޭގެ ފަހުން 2017ގައި ވެސް ލީގު ކުޅުމަށް އެފްއޭއެމްއިން މަސައްކަތްކުރިއެވެ. ނަމަވެސް އޭރު ޓީމުތަކުން ބައިވެރި ނުވުމުން މުބާރާތް ވަނީ ބޭއްވޭ ގޮތް ނުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450