Ads by Stelco

ޚަބަރު

ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދަން އިޢުލާނުކޮށްފި

ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދަން އިޢުލާނުކޮށްފި

ދިވެހިރާއްޖޭގެ ހައިކޯޓު

farudhun logo

ފަރުދުން

14 ޑިސެމްބަރު 2025، 12:14

14 ޑިސެމްބަރު 2025، 12:14

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން،ޖޭއެސްސީން ހުޅުވާލައިފިއެވެ.

މި މަޤާމުތަކަށް ފަނޑިޔާރުން ހޯދަން ހުޅުވާލާފައިވަނީ، ހައިކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި މުހައްމަދު ނިޔާޒު ރިޓަޔާކުރެއްވުމާއި، އަދި އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި މުހައްމަދު ފައިސަލް އެމަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. 

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށް، ފަސް އަހަރުގެ ތަޖުރިބާ ހުރި މީހުންނަށެވެ. އެ މަގާމުގެ އަސާސީ މުސާރައަކީ 45,700 ރ. އެވެ. ލިވިން އެލެވެންސްގެ ގޮތުގައި 18،000ރ. އަދި ރިސްކް އެލަވަންސްގެ ގޮތުގައި 3،300ރ. ލިބޭނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް ލިބޭނެއެވެ. ޖޭއެސްސީގެ އިއުލާނުގައިވާ ގޮތުން ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި، ހުސްވެފައިވާ ފަނޑިޔާރުކަމުގެ މި ދެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން، ކޮމިޝަނުގެ "ފަހިރެސް" ޕޯޓަލް މެދުވެރިކޮށް ފަނޑިޔާރުކަމުގެ މަގާމަށް އެދި ހުށަހެޅޭނެއެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަށްފަހު ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަންނާނެކަމަށް ޖޭއެސްސީން ވަނީ ހާމަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450