ޚަބަރު
ފާއިތުވި ދެ އަހަރު ތެރޭގައި ސްޕޯރޓްސް ފިޝިންގ ތަރައްޤީކުރުމަށް 40 ވަދު ކަނދުފަތި ޤާއިމްކޮށްފި
ވަދު ކަނދުފަތި/ފޮޓޯ: ވުޒާރާ
ފާއިތުވި ދެ އަހަރު ތެރޭގައި ސްޕޯރޓްސް ފިޝިންގ ތަރައްޤީކުރުމަށް 40 ވަދު ކަނދުފަތި ޤާއިމްކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގައި ސްޕޯރޓްސް ފިޝިންގ ތަރައްޤީކުރުމަށްޓަކައި އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން، ސްޕޯރޓްސް ފިޝިންގ ހާބަރުތައް ޤާއިމުކުރުމާއި، މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލުން އަދި ވަދު ކަނދުފަތި ޤާއިމުކުރުން ހިމެނޭކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި މި މަސައްކަތްތަކަކީ ރާއްޖޭގެ އިޤްތިޞާދަށް އިތުރު ފައިދާތަކެއް ހޯދައިދީ، މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކެއްކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، ސްޕޯރޓްސް ފިޝިންގް ހާބަރުތައް ޤާއިމުކުރުމަށް ބޭނުންވާ ސަރަޙައްދުތައް ދެނެގަނެ، ޢާންމުކޮށް އިޢުލާންކުރުމަށް މިހާރުވެސް މަަސައްކަތް ކުރަމުންދާއިރު، މި ހާބަރުތައް ޤާއިމުކުރުމަކީ، ޓޫރިޒަމް ދާއިރާގެ ތެރެއިން ސްޕޯރޓްސް ފިޝިންގ ތަރައްޤީކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ސްޕޯރޓްސް ފިޝިންގ ތަރައްޤީކުރުމުގެ ގޮތުން ފާއިތުވި ދެ އަހަރު ތެރޭގައި 40 ވަދު ކަނދުފަތި ވަނީ ޤާއިމްކުރެވިފައި. މި ކަނދުފަތިތަކަކީ ސްޕޯރޓްސް ފިޝިންގ ގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަޞަކޮށް، މަސް ބޭނުމަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ޤާއިމްކުރެވުނު ކަނދުފަތިތަކެއް.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ހަމަ އެއާއެކު، ސްޕޯރޓްސް ފިޝިންގްއަށް ޚާއްޞަ މެނޭޖްމަންޓް ޕްލޭނެއް ތައްޔާރުކުރުމަށް ބޭއްވުނު ފުރަތަމަ ބައްދަލުވުން މި އަހަރު ބާއްވާފައިވާއިރު، އަންނަ އަހަރު މިފަދަ އިތުރު ބައްދަލުވުންތައް ބާއްވާ، މެނޭޖްމަންޓް ޕްލޭންގެ ޑްރާފްޓް އެކުލަވާލެވޭނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. އަދި މި މެނޭޖްމަންޓް ޕްލޭނަކީ، ސްޕޯރޓްސް ފިޝިންގ އިންޑަސްޓްރީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޭނުންވާ މައިގަނޑު އަސާސީ ދިމާތައް ކަނޑައަޅައިދޭ މުހިންމު އޮނިގަނޑެއްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ސްޕޯރޓްސް ފިޝިންގ އަށް ޚާއްޞަ ސަމާލުކަމެއްދީ، މި ދާއިރާ އިތުރަށް ކުރިއެރުވުމަށް އަދުގެ ސަރުކާރުން މުހިންމު އިސްކަމެއް ދެއްވައެވެ.