Ads by Stelco

ޚަބަރު

މާފުށީ ޖަލުގެ އަންހެން ޤައިދީންނަށް ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 2 ގެ ދެ ބެޗް ފަށައިފި

މާފުށީ ޖަލުގެ އަންހެން ޤައިދީންނަށް ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 2 ގެ ދެ ބެޗް ފަށައިފި

ތަމްރީނުގެ ތެރެއިން/ފޮޓޯ: އެމްސީއެސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 ނޮވެމްބަރު 2025، 12:52

27 ނޮވެމްބަރު 2025، 12:52

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީން އިޞްލާޙުކޮށް ތަޢުލީމީ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ރިހެބިލިޓޭޝަން  ފްރޭމްވަރކްގެ ދެވަނަ ފޭސްގެ ދެ ބެޗް، މާފުށީ ޖަލުގެ އަންހެން ޤައިދީންނަށް ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވީ، މާފުށީ ޖަލުގައި ތިން މަސް ދުވަހަށް ކުރިއަށްދާ ފޭސް 2 ގެ ދެ ބެޗަކީ ބެޗް 9 އާއި 10 އެއް ކަމަށެވެ. އަދި މި ދެ ބެޗްގައި ޖުމްލަކޮ 12 ޤައިދީން ބައިވެރިވެފައިވާކަމަށް އެމްސީއެސް އިން ވިދާޅުވިއެވެ.

އެމްސީއެސް އިން އިތުރަށް ވިދާޅުވީ، ރިހެބިލިޓޭޝަން  ފްރޭމްވަރކްގެ ދެވަނަ ފޭސްގައި ކުރިއަށްދާނީ "ސައިކޮލޮޖީ ޕްރޮގްރާމް" ތަކެއް ކަމަށެވެ. އެގޮތުން، މި ފޭސްގެ މަޤްޞަދަކީ ޤައިދީންނަކީ ނަފްސާނީ ގޮތުން ވަރުގަދަ ބައެއް ކަމުގައި ހެދުމަށާއި، އެމީހުން ކުށުގެ ވެށިން ސަލާމަތްކޮށް، އަމިއްލަ ނަފްސަށް އިތުބާރުކުރާ ފަރުދުންތަކެއްގެ ގޮތުގައި މުޖްތަމަޢުއަށް ނެރެދިނުމަށް އެހީތެރިވެދިނުންކަމަށް އެމްސީއެސް އިން ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން 4 ފޭސްގެ މައްޗަށް އެކުލެވިގެންވާ ރިހެބިލިޓޭޝަން ފްރޭމްވަރކް ތަޢާރަފްކުރުމުގެ މަޤްޞަދަކީ ޤައިދީން އިޞްލާޙުކޮށް، އެމީހުންނަށް ތަޢުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމަޢުއަށް ނުކުންނައިރު އާމްދަނީއެއް ލިބޭނޭ ފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން