ކުޅިވަރު

ޗެމްޕިއަންސް ލީގު: އަމިއްލަ ދަނޑުގައި ލިވަޕޫލްއަށް އަނެއްކާ ވެސް ހިތްދަތިކަން

ޗެމްޕިއަންސް ލީގު: އަމިއްލަ ދަނޑުގައި ލިވަޕޫލްއަށް އަނެއްކާ ވެސް ހިތްދަތިކަން

ލިވަޕޫލް ކޮޅަށް ގޯލެއް ކާމިޔާބު ކުރުމަށްފަހު ޕީއެސްވީގެ ކޯހޭބް ރިއޫޗް އުފާފާޅު ކުރަނީ / ފޮޓޯ: ޓީއެންޓީ ސްޕޯޓްސް

farudhun logo

ފަރުދުން

27 ނޮވެމްބަރު 2025، 08:04

27 ނޮވެމްބަރު 2025، 08:04

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ކާމިޔާބު އިނގިރޭސި ކްލަބް ލިވަޕޫލް އަމިއްލަ ދަނޑުގައި އަނެއްކާ ވެސް ބަލިވެއްޖެއެވެ. 1953ވަނަ އަހަރުގެ ފަހުން ކްލަބުގެ ތާރީޙުގައި ކުރިމަތިވެފައިވާ އެންމެ ދަށް "ފޯމު"ގައި ކުޅެމުން އަންނަ ލިވަޕޫލްގެ މައްޗަށް މި ފަހަރު ކުރި ހޯދީ ނެދަލޭންޑްސްގެ ޕީއެސްވީއެވެ. 

ޕީއެސްވީއިން އެންފީލްޑްގައި ބުދަ ދުވަހުގެރޭ 4-1އިން ލިވަޕޫލް ބަލިކުރިއިރު، މިއީ ލިވަޕޫލް އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން އެ ޓީމު ބަލިވި 9ވަނަ މެޗެވެ. 

ލިވަޕޫލުން މި މެޗަށް ނިކުތްއިރު، ޕްރިމިއާރ ލީގުގައި އެންމެ ފަހުން އެ ޓީމު ކުޅުނު ތިން މެޗުން ވެސް ވަނީ ތިން ގޯލުގެ ފަރަގަކުން ބަލިވެފައެވެ. އަދި އެކަން ޗެމްޕިއަންސް ލީގުގައި ވެސް ބަދަލެއް ނުކުރެވުނެވެ. ޗެމްޕިއަންސް ލީގުގައި ފުރަތަމަ ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗު ކާމިޔާބު ކުރެވިފައި ވިޔަސް، ޕީއެސްވީ މެޗަށްފަހު ލިވަޕޫލް ވަނީ ގްރޫޕް-ފޭސްގައި 13ވަނައަށް ވެއްޓިފައެވެ.

ޕީއެސްވީއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުން ވަނީ މެޗުގެ 6ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. ވާރޖިލް ވެންޑައިކްގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ޕީއެސްވީއަށް ލީޑު ނަގައިދިނީ އިވާން ޕެރިސިޗްއެވެ. 

މެޗުގެ ނަތީޖާއާ ގުޅިގެން ލިވަޕޫލްގެ ކުޅުންތެރިން މާޔޫސްވެފައި---

އޭގެ 10 މިނެޓު ފަހުން ލިވަޕޫލުން ނަތީޖާ ހަމަހަމަކުރިއެވެ. އެއީ ކޯޑި ގަކްޕޯ ގޯލަށް ފޮނުވާލި ބޯޅައެއް، ކީޕަރުގެ އަތުގައި ޖެހިފައި ނިކުތް ވަގުތު ޑޮމިނިކް ސޯބޯޒްލާއިއަށް ލިބުމުން، އޭނާ ކާމިޔާބުކުރި ފަސޭހަ ގޯލެކެވެ. 

އޭގެ ފަހުން ލިވަޕޫލުން އިތުރު ދެ ހަމަލާއެއް ވެސް ޕީއެސްވީގެ ގޯލަށް ފޮނުވާލިއެވެ. އެގޮތުން ގަކްޕޯގެ ހަމަލާ ޕީއެސްވީއަށް އުނދަގުލުން ސަލާމަތް ކުރެވުނުއިރު، ވެން ޑައިކްގެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ޕީއެސްވީއިން މެޗު ކާމިޔާބުކުރީ ފަހު ހާފު ކާމިޔާބުކުރި 3 ގޯލުންނެވެ. 

އެގޮތުން ގޫސް ޓިލްގެ ގޯލަކުން އެ ޓީމުން އަނބުރާ ލީޑު ނެގިއިރު، ލީޑު ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ކޯހޭބް ރިއޫޗްއެވެ. އެ ޓީމުގެ ހަތަރު ވަނަ ގޯލު ވެސް ކާމިޔާބުކުރީ އޭނާއެވެ. އެއީ މެޗުގެ އިތުރު ވަގުތުގައެވެ. 

މިއީ 2008ވަނަ އަހަރަށްފަހު ޕީއެސްވީއިން އިނގިރޭސި ކްލަބެއް ބަދަލުކުރި ފުރަތަމަ ފަހަރެވެ. އަދި މި ތިން ޕޮއިންޓާއެކު އެ ޓީމު ވަނީ ލީގު-ފޭސްގެ 15ވަނައަށް އަރާފައެވެ.  

Ads by MSS

މި ލިޔުން ކިޔާލުމުން