Ads by Stelco

ޚަބަރު

ދިވެހިރާއްޖެއާއި އިޓަލީއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މުހިންމު މަޝްވަރާތަކެއް!

ދިވެހިރާއްޖެއާއި އިޓަލީއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މުހިންމު މަޝްވަރާތަކެއް!

މަޝްވަރާ ބައްދަލުވުން/ފޮޓޯ:ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

25 ނޮވެމްބަރު 2025، 01:49

25 ނޮވެމްބަރު 2025، 01:49

ދިވެހިރާއްޖެއާއި އިޓަލީއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ، 2025 ވަނަ އަހަރުގެ މެރިޓައިމް ސިލްކް ރޯޑް އަރބަން ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް އަދި ވެންޒޯގައި ބޭއްވުނު އިންޓަރނޭޝަނަލް ޓްރެވަލް އޭޖެންޓްސް ކޮންފަރެންސްގެ ހަވާސާގައެވެ. އެގޮތުން، ރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނިޔާޒް ވަނީ އިޓަލީގެ އެކުއިލޭއާގެ މޭޔަރު އެމަނުއެލް ޒޮރީނޯއާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ފަރާތުން ވެސް ވަނީ ދިވެހިރާއްޖެއާއި އިޓަލީއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން، ރާއްޖެއަށް އަންނަ އިޓަލީގެ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމާއި، ސަޤާފީ އަދި ތާރީޚީ ތަންތަން ފަތުރުވެރިންނަށް ތަޢާރަފުކުރުމާ ގުޅޭގޮތުން ވެސް ދެބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ޑރ. ޢަބްދުﷲ ނިޔާޒް ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ތަޖުރިބާތަކާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ރާއްޖެއިން ދޭ އަހައްމިއްޔަތު މޭޔަރު އެމަނުއެލް ޒޮރީނޯ އަށް ހާމަކޮށްދެއްވާފައެވެ. އަދި އިޓަލީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ބާޒާރެއް ކަމަށާއި، މި ބައްދަލުކުރެއްވުމަކީ ދެޤައުމުގެ ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއްކަމުގައި ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްވަރާތަކުގައި، މޭޔަރު އެމަނުއެލް ޒޮރީނޯ ވެސް ވަނީ ރާއްޖެއާ އެކު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން