Ads by Stelco

ޚަބަރު

ގިރިފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ދަނީ ކުރިއަށް: އެމްޓީސީސީ

ގިރިފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ދަނީ ކުރިއަށް: އެމްޓީސީސީ

މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްޓީސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

25 ނޮވެމްބަރު 2025، 12:59

25 ނޮވެމްބަރު 2025، 12:59

ގިރިފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ވެލި ބަނޑުތައް ތައްޔާރު ކުރުމުގެ މަސައްކަތް ކަމަށެވެ. 

މި މަޝްރޫއުގެ ދަށުން، 268 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. ހަމަ އެހެންމެ، 46 މީޓަރުގެ ސަރަޙައްދެއްގައި ނެރު ބޭރުތޮށި ލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، ބޭރު ތޮށީގެ ބެޑު ޕްރެޕަރޭޝަންގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް  އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢަކީ، 8.3 މިލިއަން ރުފިޔާއަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް  ފޯސް (އެމްއެންޑީއެފް) އިން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން