Ads by Stelco

ޚަބަރު

ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ ހުޅުލެއަށް: މެޓް އޮފީސް

ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ ހުޅުލެއަށް: މެޓް އޮފީސް

ވާރޭ ވެހެނީ/ފޮޓޯ: ހަތާވީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

25 ނޮވެމްބަރު 2025، 12:07

25 ނޮވެމްބަރު 2025، 12:07

ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ ކ. ހުޅުލެ އަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.

މިދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނު ރަށްތަކަށް ބަލާއިރު، ހުޅުލެއަށް ފާއިތުވި 24 ގަޑިއިރު 85.3 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. އަދި ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ ކ. މާލެ އަށެވެ. އެގޮތުން، މާލެއަށް 84.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ތިން ވަނައަށް އެންމެ ގިނައިން މާމިގިއްޔަށް ވާރެ ވެހިފައިވާއިރު، ހަތަރު ވަނައަށް އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ހުޅުމާލެ އަށެވެ. އެއީ 72.4 މިލިމީޓަރުގެ ވާރޭއެވެ.

ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނު ރަށްތައް

  • ކ. ހުޅުލެ - 85.3 މިލިމީޓަރުގެ ވާރޭ
  • ކ. މާލެ - 84.2 މިލިމީޓަރުގެ ވާރޭ
  • އދ. މާމިގިލި - 74.5 މިލިމީޓަރުގެ ވާރޭ
  • ކ. ހުޅުމާލެ - 72.4 މިލިމީޓަރުގެ ވާރޭ
  • ހދ. ކުޅުދުއްފުށި - 67.3 މިލިމީޓަރުގެ ވާރޭ
  • ބ. ގޮއިދޫ - 61.7 މިލިމީޓަރުގެ ވާރޭ

މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓުން ވިދާޅުވީ، މިއަދު ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އެގޮތުން، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މެދު ރާއްޖެތެރޭގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ވެސް ނެރިފައެވެ. ހުދު ސަމާލު ނެރިފައިވާ ސަރަޙައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، އެ ސަރަޙައްދުގެ ކަނޑުތައް ވެސް ގަދަވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން