ކުޅިވަރު
ހޮޅުދޫ އިންޓަރ އޮފީސް ފުޓްސަލް މުބާރާތް: ބޮޑު ތަފާތަކުން ފެނަކަ ބަލިކޮށް ކައުންސިލުން ފައިނަލަށް
ހޮޅުދޫ އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި ކައުންސިލާއި ފެނަކަ ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: ހޮޅުދޫ އެފްއާރުސީ
ހޮޅުދޫ އިންޓަރ އޮފީސް ފުޓްސަލް މުބާރާތް 2025ގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ފެނަކަ ހޮޅުދޫ ބްރާންޗު ބޮޑު ތަފާތަކުން ބަލިކޮށް، ހޮޅުދޫ ކައުންސިލުން ފައިނަލުގެ ޖާގައެއް ޔަޤީންކޮށްފިއެވެ.
ހޮޅުދޫ ފުޓުބޯޅަ ދަނޑުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މި މެޗު ކައުންސިލުން ކާމިޔާބުކުރީ 5-0އިންނެވެ.
މި ނަތީޖާއާއެކު ކައުންސިލުން ވަނީ ޖުމްލަ 9 ޕޮއިންޓު ހޯދާފައެވެ. އެއީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްގެންނެވެ.
އަދި މިހާރު ލީގުގެ ދެވަނައިގައި އޮތީ 3 ޕޮއިންޓާއެކު ފެނަކައެވެ. އެ ޓީމަށް ފައިނަލް ޔަޤީންކުރެވޭނީ، މުބާރާތުގައި މިހާތަނަށް އެއްވެސް ޕޮއިންޓެއް ލިބިފައިނުވާ މޭނާ ސްކޫލް، ލީގު ބުރުގެ ފަހު މެޗުގައި ބަލިކޮށްގެންނެވެ.
ހޯމަ ދުވަހު ހަވީރު ކުޅުނު މެޗުގައި ކައުންސިލްގެ ގޯލުތައް ކާމިޔާބުކުރީ އިރުޝާދު، ހާމިދު އަދި އިރުފާންއެވެ. މީގެ ތެރެއިން އިރުޝާދު އާއި ހާމިދު ވަނީ ކޮންމެ ކުޅުންތެރިއަކު ވެސް ދެ ގޯލު ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިރުޝާދުއެވެ.
މި މުބާރާތުގައި މިއަދު ބައްދަލުކުރާނީ ކައުންސިލާއި މޭނާ ސްކޫލެވެ. ފައިނަލުން ޖާގައެއް ހޯދުމަށް މި މެޗުން ބަލިނުވެ ސަލާމަތްވުމަކީ މޭނާ ސްކޫލަށް މުހިންމު ކަމެކެވެ.
މި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ މިއަންނަ ބުރާސްފަތި ދުވަހުއެވެ.