Ads by Stelco

ޚަބަރު

ބޯކޮށް ވާރޭވެހި، މާލޭގެ ފެންބޮޑުވެފައިވާ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ފަށައިފި

ބޯކޮށް ވާރޭވެހި، މާލޭގެ ފެންބޮޑުވެފައިވާ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ފަށައިފި

ފެން ހިންދުމުގެ މަސައްކަތް/ފޮޓޯ: އެމްއެންޑީއެފް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

25 ނޮވެމްބަރު 2025، 10:26

25 ނޮވެމްބަރު 2025، 10:26

މާލެއަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން މާލޭގެ އެކި ސަރަޙައްދުތަކުގައި ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ޤައުމީ ދިފާއީ ބާރު، އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވި ގޮތުގައި، މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން، މި ސަރަޙައްދުތަކުގެ ތެރޭގައި މާލޭގެ ފެރީ ޓަރމިނަލް ސަރަޙައްދާއި، އައިޖީއެމްއެޗް ސަރަޙައްދު ހިމެނޭކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. މި ސަރަޙައްދުތަކަކީ ބޯކޮށް ވާރޭވެހިއްޖެނަމަ އެންމެ ބޮޑަށް ފެންބޮޑުވާ އެއް ސަރަޙައްދެވެ. 

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ، މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ވެސް ނެރިފައެވެ. އަދި މެދުރާއްޖެތެރެއަށް ރީނދޫ ސަމާލު ނެރިފައިވާއިރު، ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، އެންމެހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން