Ads by Stelco

ޚަބަރު

“މަގޭ ސާފު ރާއްޖެ” މަހާސިންތާ ފަށައިފި

“މަގޭ ސާފު ރާއްޖެ” މަހާސިންތާ ފަށައިފި

"މަގޭ ސާފު ރާއްޖެ" މަހާސިންތާ. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ނޮވެމްބަރު 2025، 10:46

24 ނޮވެމްބަރު 2025، 10:46

ކުނި މެނޭޖްކުރުމުގެ ދާއިރާއިން ޤައުމީ ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025" ރަސްމީކޮށް ފަށައިފިއެވެ. ހައްދުންމަތީ ގަމުގައި ކުރިއަށްދާ މި މަހާސިންތާ އޮންނަނީ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ. މިއީ ސާފުތާހިރު ރާއްޖެއެއް ބިނާކުރުމަށް ކުރެވޭ ޤައުމީ މަސައްކަތުގެ މުހިންމު ބައެއްކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި މަހާސިންތާގެ މައިގަނޑު މަޤުޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ހިންގުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާމެދު ޤައުމީ ފެންވަރުގައި މަޝްވަރާކޮށް، ދާއިރާއަށް ޙައްލު ހޯދައި ކުރިއެރުންތައް ހޯދުމެވެ. ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން އިފްތިތާޙުކުރެއްވި މި މަހާސިންތާގެ ތެރެއިން، ބައިވެރިންގެ މެދުގައި ޚިޔާލު ބަދަލުކޮށް، ރާއްޖެއަށް ފައިދާހުރި ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، ވޯލްޑް ބޭންކްގެ އެހީތެރިކަމާއެކު ބާއްވާ މި މަހާސިންތާގެ މަޤުސަދަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތުގައި ކުންޏާއި ވަޞީލަތްތައް މެނޭޖުކުރުމާ ގުޅޭގޮތުން މުހިންމު މަޢުލޫމާތުތަކާއި ތަޖުރިބާތައް ހިއްސާކުރުން ކަމަށެވެ. މި މަހާސިންތާގައި ކުނި މެނޭޖްކުރުމާއި ތިމާވެއްޓާ ގުޅުންހުރި ތަފާތު ސިޔާސަތުތަކާއި ޤާނޫނުތަކާއި ޤަވާޢިދުތަކުގެ އިތުރުން ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ކުނި މެނޭޖްކުރުމުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ގެންގުޅޭ ތަފާތު މޮޑެލްތަކާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގައި މިކަން ދެމެހެއްޓެނިވި އުސޫލެއްގެ ތެރެއިން ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ލ. ގަމުގައި ބާއްވާ މި ޤައުމީ މަހާސިންތާގައި ސަރުކާރުގެ އިސްވެރިންނާއި ދާއިރާގެ ތަޖުރިބާކާރުންނާއި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ އެކި ފަރާތްތައް ހިމެނޭހެން ޖުމްލަ 200 ބައިވެރިން ބައިވެރިވެއެވެ. މި ބައްދަލުވުމުގެ ތެރެއިން ކުންޏާއި ވަސީލަތްތައް މެނޭޖުކުރުމުގެ ޤާނޫނީ އޮނިގަނޑަށް ބައިވެރިން އަހުލުވެރިކޮށް، ތަޖުރިބާކާރުންގެ މަސައްކަތްތައް ހިއްސާކޮށް، ދާއިރާގައި ހަރަކާތްތެރިވާ ހިއްސާދާރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން