Ads by Stelco

ޚަބަރު

ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ 2 ކޮޅިގަނޑެއްގެ ސަބަބުން ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސް!

ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ 2 ކޮޅިގަނޑެއްގެ ސަބަބުން ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސް!

ވިއްސާރަ ދުވަހަކު މާލެތެރެއިން/ފޮޓޯ: މިހާރު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

24 ނޮވެމްބަރު 2025، 10:11

24 ނޮވެމްބަރު 2025، 10:11

ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ 2 ކޮޅިގަނޑެއްގެ ސަބަބުން ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ ހުޅަނގު ދެކުނުގެ 2 ސަރަޙައްދެއްގައި އުފެދިފައިވާ 2 ކޮޅިގަނޑެއްގެ ސަބަބުން ރާއްޖެ ސަރަޙައްދުގައި ބޯ ވިއްސާރަ ވިލާ އުފެދުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.

އެގޮތުން، މިއަދުން ފެށިގެން މި ހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާއިރު، މި ދުވަސްތަކުގައި ރާއްޖޭގެ ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ހަމަ އެހެންމެ، މި މުއްދަތުގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވެސް ވައިގެ ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެގޮތުން، 10 - 20 މޭލަށް ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ޤާއުމީ އިދާރާއިން ވަނީ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލެއް ވެސް ނެރެފައެވެ. މި ސަމާލު ނެރިފައިވަނީ، މިއަދު ފަތިހު 05:45 އިން ހެނދުނު 11:00 އަށެވެ. މި ވަގުތުތަކުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން، އެންމެހާ ފަރާތްތަކުން ވެސް މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު އަދާހަމަކުރުމާއެކު، މޫސުމަށް ސަމާލުވުމަށް އެ އިދާރައިން ވަނީ އިލްތިމާސްކުރައްވާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން